ރާއްޖޭގައި ލައިޓްނިން ޑިޓެކްޝަން ސިސްޓަމެއް ގާއިމުކޮށްފި

MET Office installs new Lightning Detection System - the inauguration was held on Saturday, July 20, 2024. (Photo/ Environment Ministry)

ހޮނިހިރު ދުވަހު ދިވެހިރާއްޖޭގައި ވަގުތުން ވަގުތަށް ގުގުރާ ވިދުވަރުގެ މަޢުލޫމާތު ދެނެގަނެ އެއްކުރާ ނިޒާމެއް ޤާއިމުކުރެވުނެވެ.

މޫސުމަށް އަންނަ ބަދަލުތަކާއި، ތިމާވެށި އަދި ހަކަތައާބެހޭ ވުޒާރާއިން، މޯލްޑިވްސް މީޓިއޮރޮލޮޖިކަލް ސަރވިސަސް (މެޓް) އާއި ޗައިނީޒް އެކެޑަމީ އޮފް ސައިންސަސް (ސީއޭއެސް) ގެ އިންސްޓިޓިއުޓް އޮފް އިލެކްޓްރިކަލް އިންޖިނިއަރިންގް (އައިއީއީ) އާ ގުޅިގެން ދިވެހިރާއްޖޭގައި ފުރަތަމަ ފަހަރަށް ވިދުވަރު ދެނެގަންނަ ނިޒާމެއް ޤާއިމުކޮށްފިއެވެ.

މި އައު ނިޒާމު ފެށުމަށްޓަކައި ހުޅުލޭގައި ހުންނަ ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓާއި އައްޑޫ ސިޓީގައި ހުންނަ ގަން އިންޓަރނޭޝަނަލް އެއަރޕޯޓުގައި ދުރު ސަރަޙައްދުތަކުގެ ވިދުވަރު ދެނެގަންނަ އާލާތްތައް ބެހެއްޓިފައިވެއެވެ.

ސަރަޙައްދީ ނެޓްވޯކާ ގުޅުން ޤާއިމުކުރެވުމުން ދިވެހިރާއްޖެއާއި އޭގެ ވަށައިގެންވާ ސަރަޙައްދުތަކުގައި ވަގުތުން ވަގުތަށް ވިދުވަރާއި ގުގުރުމުގެ މަޢުލޫމާތު ދެނެގަނެވޭނެ ކަމަށް ވުޒާރާއިން ބުނެފައިވެއެވެ. މިހާރު ކުރު ސަރަޙައްދުތަކުގެ ވިދުވަރު ދެނެގަންނަ ނިޒާމުތައްވެސް ޤާއިމުކުރުމުގެ މަސައްކަތް ދަނީ ކުރެވެމުންނެވެ.

ވިދުވަރު ދެނެގަންނަ ނިޒާމު ޤާއިމުކުރެވުމުން، ވިދުވަރާއި ގުގުރުމުގެ އެކި މަރުޙަލާތައް ވަގުތުން ވަގުތަށް ވަކިކޮށް ބެލޭނެ ކަމަށް ވުޒާރާއިން އިތުރަށް ފާހަގަކޮށްފައިވެއެވެ. މީގެ އިތުރުން، ވިދުވަރާ ގުޅިފައިވާ ވިއްސާރަތަކުގެ ހަރަކާތްތެރިކަމާއި ދިމާ ދެނެގަނެ، ލަފާކުރެވޭނެތީ، ކުރިއާލާ އިންޒާރުދިނުމާއި މޫސުމާބެހޭ މަޢުލޫމާތުގެ ފުރިހަމަކަން އިތުރުވާނެއެވެ.

 

Be the first to comment

Leave a Reply

Your email address will not be published.


*