މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އަކީ ޒަމާނީ ސެންޓްރަލް ބޭންކަކަށް ހެދުމަށާއި ހެޔޮ ނަތީޖާ ނެރޭ ބޭންކަކަށް ހެދުމަށްޓަކައި އެތަނުގެ އޮނިގަނޑަށް މުހިންމު ބަދަލުތަކެއް ގެނެސްފިއެވެ. މި ބަދަލުތައް ގެނެސްފައިވަނީ އެމްއެމްއޭގެ ބޯޑުގެ މަޝްވަރާގެ މަތިން މަރުކަޒީ ބޭންކްގެ އާ ގަވަރުނަރު އަހްމަދު މުނައްވަރުއެވެ.
އެމްއެމްއޭގެ އޮފިޝަލަކު ވިދާޅުވި ގޮތުގައި މި ބަދަލުތަކުގެ ސަބަބުން އެމްއެމްއޭ އިން ކުރަމުންދާ މަސައްކަތްތައް މިހާރަށްވުރެ ހަރުދަނާވެ އަދި ހެޔޮ ނަތިޖާތަކެއް ނެރުމަށް ފަސޭހަވާނެއެވެ.
ގެނެވުނު މުހިންމު ބަދަލުތަކުގެ ތެރޭގައި އެސިސްޓެންޓް ގަވަރުނަރުގެ މަގާމު މެނޭޖިން ޑިރެކްޓަރު މަގާމަށް ބަދަލުކުރުމަށް ނިންމާފައިވެއެވެ. މީގެ އިތުރުން، އެސިސްޓެންޓް ގަވަރުނަރުންގެ ގޮތުގައި މިހާރު ތިއްބެވި ބޭފުޅުން ވަނީ އެޑްވައިޒަރުންގެ މަގާމަށް ޕްރޮމޯޓްކޮށްފައެވެ.
އެމްއެމްއޭގެ އޮފިޝަލް އިތުރަށް ވިދާޅުވި ގޮތުގައި، އެމްއެމްއޭގައި މަސައްކަތްކުރާ ތައުލީމީ އަދި ތަޖުރިބާކާރު ފަރާތްތަކަށް ފުރުސަތު ފުޅާކުރުމުގެ ގޮތުން އަލަށް ހުޅުވާލާ މެނޭޖިން ޑިރެކްޓަރ މަގާމަކީ ފަސް އަހަރުގެ ދެ ދައުރަކަށް ހޮވޭ މަގާމަކަށް ވަނީ ބަދަލުކޮށްފައެވެ. މި މާގާމުތަކަށް ކުރިމަތިލުމުގެ ފުރުސަތު އެމްއެމްއޭގައި މަސައްކަތް ކުރާ މުވައްޒަފުންގެ އިތުރުން އާންމުންނަށްވެސް ހުޅުވާލެވޭނެއެވެ.
“މީގެ ސަބަބުން އެމްއެމްއޭގައި މިހާރު ތިބި ގާބިލް ފަރާތްތަކަށް އާ ފުރުސަތުތައް ހުޅުވިގެންދާނެ. އަދި ފަންނީ ގާބިލް މީހުންނަށް އެމްއެމްއޭ އަށް ވަނުމަށްވެސް ފުރުސަތު ހުޅުވިގެންދާނެ،” އޭނާ ވިދާޅުވިއެވެ.
މި ބަދަލުތަކަކީ އެމްއެމްއޭ އަކީ ޒަމާނީ ސެންޓްރަލް ބޭންކަކަށް ހެދުމަށާއި ހެޔޮ ނަތީޖާ ނެރޭ ބޭންކަކަށް ހެދުމަށްޓަކައި ގެނެވުނު މުހިންމު ބަދަލުތަކެއް ކަމަށ
Leave a Reply