ރައީސް ޔާމީންގެ އެކައުންޓުގައި ހުރި ފައިސާ މެދު ރައްޔިތުންގެ މަޖިލީހުގެ ރައީސް ސުވާލު އުފައްދަވައިފި

ފޮޓޯ ރާއްޖެ އެމްވީ-ޢަބްދުރަހީމް އަބްދުﷲ އަދި ރައީސް ޔާމީން

ރައީސް ޔާމީން ވެރިކަމަށް ވަޑައިގެންނެވިއިރު އެމަނިކުފާނުގެ  އެކައުންޓުގައި އެއްލައްކަ ރުފިޔާ ނެތް ކަމަށާ 5އަހަރުގެ ދައުރެއް  ނިންމަވާފައި ވަޑައިގެންނެވި އިރު 500 މިލިއަނުން ރުފިޔާ އެކައުންޓްގައި ހުރުމާ މެދު ޕީއެންސީގެ ޗެއަރ ޕާސަން އަދި ރައްޔިތުން މަޖިލީހުގެ ރައީސް ޢަބްދުއްރަހީމް ޢަބްދުﷲ އަންގާރަ ދުވަހުގެ ރޭ އޮތް ޕީ އެންސީ ޖަގަހަ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން  ސުވާލު އުފައްދަވައިފިއެވެ. ސިޔާސީ ހަރަކާތައް ލިބުނު ފައިސާ ކަމަށް ވިދާޅުވާއިރު ޕާޓީއެއް އޮތްކަމާއި އަދި  ޕާޓީގެ އެކައުންޓަށް ފައިސާ ލިބިފައި ނެތްކަމަށްވެސް ކުރީ ޕީޕީއެމްގައިހ އިސް ކޮށް ހަރަކާތެރި ވެފައިވާ ޢަބްދުއްރަހީމް ވިދާޅުވިއެވެ. ރައީސް ޔާމީން އާއި އެކު ސިޔާސީ އެތައް މަސައްކަތެއް ކުރެއްވި   ޢަބްދުއްރަހީމް ޢަބްދުﷲ  މިޖަލްސާގައި ވާހަކަ ފުޅު ދައްކަވަމުން ބަހުގެ ހަލަމާތަކެއް ރައީސް ޔަމީންއަށް ދެއްވާފައެވެ. އެއިގެތެރޭގައި އެމް އެމް ޕީ އާރު ސީގެ ޚިޔާނާތުގެ މައްސަލަ ބެލުމަށްޓަކައި  ކޮމިޝަން ހެދުމާއި އެކޮމިޝަނުގެ ރައީސްއަކަށް ޢަބްދުއްރަހީމްއަށް ދެއްވުމަށް ގޮވާލެއްވިއެވެ. ޢަބްދުއްރަހީމް ޢަބްދުއްﷲ ޖަލްސާގައި  ދެއްކެވި ވާހަކަފުޅު ނިންމަވާލެއްވީ ޅެން ބަހުން ރައީސް ޔާމީންއަށް ނަސޭހަތް ދެއްވުމަށް ފަހުގައެވެ.

Be the first to comment

Leave a Reply

Your email address will not be published.


*