ގާނޫނު އަސާސީ އިސްލާހު ކުރަން މިއަށްވުރެ ހަރުކަށި ފިޔަވަޅުތަކެއް އަޅަން ޖެހޭ: ޤާސިމް

ޖުމްހުރީ ޕާޓީގެ ލީޑަރު އަދި މާމިނގިލި ދާއިރާ މެމްބަރު ގާސިމް އިބްރާހިމް---

ރައްޔިތުންގެ މަޖިލީހުގެ ސުޕަ މެޖޯރިޓީއާއެކު ގާނޫނު އަސާސީ އަށް އިސްލާހު ގެނައުމުގެ ފުރުސަތު މިހާރު އޮތް ޝަރުތުތަކަށް ބަދަލު ގެންނަން ޖެހޭ ކަމަށް ޖުމްހޫރީ ޕާޓީގެ ލީޑަރު އަދި ރައްޔިތުންގެ މަޖިލީހުގެ މާމިގިލީ ދާއިރާގެ މެމްބަރު ޤާސިމް އިބްރާހިމް ވިދާޅުވެއްޖެއެވެ.

މިއަދަކީ މިހާރު އަމަލުކުރަމުންދާ ގާނޫނުއަސާސީއަށް އަމަލުކުރަމުންދާތާ 16 އަހަރު ފުރުނު ދުވަހެވެ. އެކަން ފާހަގަކުރައްވާ ގާސިމް ވިދާޅުވީ މީގެ ކުރިން ގާނޫނުއަސާސީއަށް ބަދަލުގެންނަ ގޮތަށް ވުރެ މިހާރު ބަދަލުތައް ގެންނަން ފަސޭހަ ކަމަށެވެ.

މިހާރު މަޖިލީހުގައި ގާނޫނުއަސާސީ އިސްލާހުކުރުމަށްޓަކައި މި ރައްޔިތުންގެ މަޖިލީހަށް މިހާރު ލިބިފައިވާ ހުރިހާ ބާރުތަކެއް އެގޮތަށް އޮތުމުގެ ބަދަލުގައި ކޮންމެ ވެސް ކަހަލަ މެކޭނިޒަމެއް ތައާރަފް ކުރަން ޖެހޭ ކަމަށް ޤާސިމް ވިދާޅުވި އެވެ.

އެހެންނޫންނަ މަޖިލީހުގެ 75 ޕަސެންޓު މެޖޯރިޓީ ލިބޭ ޕާޓީއަކަށް ގާނޫނުއަސާސީ ބަދަލު ކުރެވޭނަމަ އޭގެ ނުރަނގަޅު ކަންތައްތަކެއް ވެސް އަތުވެދާނެކަން ވިސްނަންޖެހޭ ކަމަށް ގާސިމް ވިދާޅުވިއެވެ.

ގާސިމްއަކީ މިހާރު އަމަލުކުރަމުންދާ ގާނޫނުއަސާސީ އުފެދިގެން އައި މަޖިލީހުގައި ވެސް އިންނެވި ބޭފުޅެކެވެ.

Be the first to comment

Leave a Reply

Your email address will not be published.


*