އައްޑޫ ސިޓީ ބްރިޖުގެ މަސައްކަތުގެ 95 އިންސައްތަ ނިމިފައިވާ ކަމަށް އައްޑޫ ސިޓީ ކައުންސިލުން ބުނެފި

The Addu Detour Bridge, otherwise known as Hankede Bridge, is 95 percent complete, according to Addu City Council. (Photo: Addu City Council)

އައްޑޫ ސިޓީ ކައުންސިލުން މިއަދު ބުނީ އައްޑޫ ޑިޓުއަރ ބްރިޖުގެ މަސައްކަތުގެ 95 ޕަސެންޓް ނިމިފައިވާ ކަމަށެވެ.

ކައުންސިލުން ބުނީ މި މަޝްރޫއުގެ ނުނިމި ހުރި ބައިތަކުގެ ތެރޭގައި ކްރެޝް ބެރިއާ ހަރުކުރުމާއި އެކްސްޕެންޝަން ޖޮއިންޓްތައް ބެހެއްޓުން ހިމެނޭ ކަމަށެވެ.

މީގެ އިތުރުން ބްރިޖުގެ ތިރީގައި ހުރި ވެލި ފިލިންގްތައް ވެސް މީގެ ކުރިން ސްޓްރަކްޗާއަށް ސަޕޯޓް ކުރުމަށް އިތުރުކޮށްފައިވާ އިރު، އެ ތަކެތި ނެގުމަށް ވަނީ ހަމަޖެހިފަ އެވެ.

އެ މަސައްކަތުގެ ބޮޑު ބައެއް މިހާރު ނިމިފައިވާއިރު، ފެންސް ހަރުކުރުމުގެ މަސައްކަތް އަދިވެސް ނުނިމި އޮތް ކަމަށް އައްޑޫ ސިޓީ ކައުންސިލުން ބުންޏެވެ.

ހަންކެޑެ ބްރިޖްގެ ނަމުން ނަން ދީފައިވާ އައްޑޫ ޑިޓުއަރ ބްރިޖު ޖުލައި މަހުން ފެށިގެން ސެޕްޓެމްބަރު މަހަށް ފަސްކޮށްފައިވާ ކަން މީގެ ކުރިން ވަނީ އިއުލާނުކޮށްފަ އެވެ.

އިންޑިއާގެ އެފްކޮންސް އިން ތަރައްގީކުރި މި މަޝްރޫއުގެ އަމާޒަކީ އައްޑޫ ސިޓީގެ ގައުކެނޑި އާއި މަރަދޫ ރަށް ގުޅާލުމެވެ. 2021 ވަނަ އަހަރު ފެށި މި މަޝްރޫއުގެ އަގަކީ 1.1 ބިލިއަން ރުފިޔާ އެވެ.

Be the first to comment

Leave a Reply

Your email address will not be published.


*