އޭ.އެޗް.އައި.ސީ.އީ މޯލްޑިވްސް ހޮޓެލް އިންވެސްޓްމަންޓް ސަމިޓްގައި ހުރި އިންވެސްޓްމަންޓް ފުރުޞަތުތަކުގެ މައްޗަށް މިނިސްޓަރ ފައިސަލް އަލިއަޅުއްވާލައްވައިފި

photo: Nishan ali

ސަރުކާރުން އަބަދުވެސް އެންމެ ބޮޑު އިސްކަމެއް ދެނީ އިންވެސްޓަރުންނަށް އެކަށީގެންވާ ފުރުސަތުތަކާއި ވިޔަފާރި ހިންގުމަށް ލުއި ފަސޭހަގޮތްތަކެއް ހޯދައިދިނުމަށް ކަމަށް ޓޫރިޒަމް މިނިސްޓަރު އިބްރާހިމް ފައިސަލް ވިދާޅުވެއްޖެ އެވެ.

އޮސްޓްރޭލިއަން ހޮޓެލް އިންޑަސްޓްރީ ކޮންފަރެންސް އެންޑް އެގްޒިބިޝަން (އޭއެޗްއައިސީއީ) އިން އިންތިޒާމްކޮށްގެން ބާއްވާ “އޭއެޗްސީއީ މޯލްޑިވްސް ހޮޓެލް އިންވެސްޓްމަންޓް ސަމިޓް” ގައި ކީނޯޓް ސްޕީޗް ދެއްވަމުން މިނިސްޓަރު ފައިސަލް ވަނީ އިންވެސްޓަރުންނަށް ފަހި މާހައުލެއް ގާއިމުކުރުމަށް ޓަކައި އަޅާފައިވާ މުހިންމު ފިޔަވަޅުތަކުގެ މައްޗަށް އަލިއަޅުއްވާލައްވާފައެވެ.

“ފަތުރުވެރިކަމުގެ ސިނާއަތުގެ ކާމިޔާބީ ގުޅިފައި ވަނީ ކާމިޔާބު އިންވެސްޓްމަންޓްތަކާ. އާ ޓޫރިޒަމް ގާނޫނުގެ ސަބަބުން އިންވެސްޓަރުންނަށް އިތުރު ވަސީލަތްތަކާއި ފުރުސަތުތައް ލިބިގެންދާނެ،” އޭނާ ވިދާޅުވި އެވެ.

މިނިސްޓަރު ފައިސަލް ވިދާޅުވީ ރާއްޖޭގައި އިންވެސްޓްކުރުމުން ލިބޭ އެންމެ ބޮޑު ފައިދާއަކީ ފަތުރުވެރިންގެ މެދުގައި ރާއްޖޭގެ މަގުބޫލުކަމާއި ޑިމާންޑް ބޮޑުވުން ކަމަށެވެ. އޭނާ ވިދާޅުވީ ރާއްޖެއަކީ މި ސަރަހައްދުގެ އެންމެ މަތީ މާކެޓުތަކުގެ ތެރޭގައި ހިމެނޭ މާކެޓެއް ކަމަށާއި ރިޓާން އޮން އިންވެސްޓްމަންޓްގެ މުއްދަތަކީ ވަރަށް ކުޑަ މުއްދަތެއް ކަމަށެވެ.

މި ކޮންފަރެންސްގައި ރާއްޖޭގެ ފަތުރުވެރިކަމުގެ ދާއިރާގައި ހުރި ފުރުޞަތުތަކާ ބެހޭގޮތުން އިންވެސްޓަރުންނަށް މަޢުލޫމާތު ދީފައިވެއެވެ. މި ހަރަކާތުގައި ފަތުރުވެރިކަމުގެ ސިނާއަތުގެ 140 ފަރާތަކުން ވަނީ ބައިވެރިވެފައެވެ.

Be the first to comment

Leave a Reply

Your email address will not be published.


*