ބަނގުލަދޭޝްގެ ސަރުކާރާ ޙަވާލުވީ ޒުވާނުން އެދުނު ކަމަކަށް ވާތީ ކަމަށް ޕްރޮފެސަރ ޔޫނުސް ވިދާޅުވެއްޖެ

Bangladeshi President Mohammed Shahabuddin administers oath-taking ceremony of Nobel laureate Muhammad Yunus as the country’s head of the interim government in Bangladesh at the Bangabhaban, in Dhaka, Bangladesh, August 8, 2024. REUTERS/Mohammad Ponir Hossain

ބަނގުލަދޭޝްގެ ބޮޑުވަޒީރު ކަމަކީ ދުވަހަކުވެސް ދެކުނު ހުވަފެނެއްވެސް ނޫން ކަމަށް ވަގުތީ ގޮތުން ބަނގުލަދޭޝް ސަރުކާރު އެކުލަވާލުމަށް ޙަވާލުވެފައިވާ  ޕްރޮފެސަރ މުޙަންމަދު  ޔޫނުސް ވިދާޅުވެއްޖެއެވެ. އޭނާ މިހެން ވިދާޅުވީ ޖަމޫނާ ސްޓޭޓް ހައުސްގައި ނޫސްވެރިންނާ ވާހަކަފުޅު ދައްކަވަމުންނެވެ. ޕރ ޔޫނުސް ވިދާޅުވި ގޮތުގައި އެދުވަހު (ޝައިޚް ޙަސީނާ އިސްތިއުފާ ދެއްވި ދުވަހު) ލިބުނީ  ދަރިވަރެއްގެ ފޯނު ކޯލެއް ކަމަށާއި އެފޯނަށް ވަގުތުން ޖަވާބު ދޭން ޖެހުނު ކަމަށެވެ. ކޮށްދެވެން އޮތް ކަމެއް ކޮށްދޭނެ ކަމަށް އެދުވަހު ދެންނެވި ކަމަށް އުމުރުފުޅުން 84ގެ ޕރ ޔޫނުސް ވިދާޅުވިއެވެ. ޕރ ޔޫނުސް ވިދާޅުވީ ” އަޅުގަނޑު މިކަން މިކުރަނީ ޒުވާނުން ބޭނުންވި ކަމެއް ކަމަށް ވާތީ، އަދި އެކަން ކުރުމަށް އެހީތެރިވާން ބޭނުންވި” ކަމަކަށް ވާތީއެވެ.  އިތުރަށް ޕްރޮފެސަރ ޔޫނުސް ވިދާޅުވި މިއީ އޭނާގެ ހުވަފެނެއް ނޫން  ކަމަށާއި އެއީ އެމީހުން (ޒުވާނުން)ގެ ހުވަފެނެއް ހަޤީޤަތަކަށް ހަދައި ދިނުމަށް މަސައްކަތް ކުރާނީ ކަމަށެވެ. ޕރ ޔޫނުސް ވިދާޅުވި ގޮތުގައި އެންމެ ކަންބޮޑުވަނީ މިހަމަ ނުޖެހުމުގެ ތެރޭގައި 400 މީހުން ދުނިޔެ ދޫކޮށް ދިއުމާއި އެތައް ޕޮލިސް ސްޓޭޝަނަކާ އާއްމުންގެ އެތައްތަނެއް އަނދާ ހުލިވެފައި ވާތީ ކަމަށެވެ.

Be the first to comment

Leave a Reply

Your email address will not be published.


*