މިހާރު ރާއްޖެއަށް ކުރަމުންދާ ވިއްސާރަ އާއި ގުޅިގެން ބައެއް ރަށްރަށުގެ މަގުތަކުގައި ފެންބޮޑުވެ އެތައް ގެޔަކަށާއި ވިޔަފާރިތަކަށާއި، މުދަލަށާއި ހިފާ ގެންގުޅޭ ތަކެއްޗަށް ބޮޑެތި ގެއްލުންތަކެއްލިބި ގިނަ ބައެއްގެ ޢާންމު ދިރިއުޅުމަށް ބޮޑު ދަތިތަކެއް ކުރިމަތިވެ، ހިނގާ ބިނގާވެ އުޅުމަށާއި އެއްތަނުން އަނެއްތަނަށް ދަތުރު ކުރުމަށް ދަތިވެފައި ވާތީ މާދަމާ (14 އޯގަސްޓް2024 ދުވަސް) ސަރުކާރު ބަންދު ދުވަހެއްގެ ގޮތުގައި ރައީސުލް ޖުމުހޫރިއްޔާ ކަނޑައަޅުއްވައިފިއެވެ. މިކަން ހާމާ ކުރެއްވީ ރައީސުލްޖުމުހޫރިއްޔާ އޮފީހުން އާއްމު ކުރެއްވި އެއޮފީހުގެ ދެންނެވުމެއްގައެވެ.
ކުރިއަށް އޮތް 24ގަޑިއިރުވެސް ރާއްޖޭގެ ބޮޑުބަޔަކަށް ބޯކޮށް ވާރެވޭނެ ކަމަށާއި ކަނޑުތައް ގަދަވެ ވައި ގަދަވާނެ ކަމަށް ދިވެހި ރާއްޖޭގެ މޫސުމާ ބެހޭ އިދާރާއިން ހާމަ ކުރައްވައެވެ.
Leave a Reply