ހުޅުމާލެގައި އަމިއްލަ ފަރާތްތަކުން ވިއްކާ އެޕާޓްމަންޓްތައް ގަތުމުގައި އާއްމުންގެ ސަމާލުވުމަށް އެޗްޑީސީން އެދިއްޖެ

އަމިއްލަ ފަރާތްތަކުން ވިޔަފާރި އުސޫލުން ތަރައްގީކުރަމުން އަންނަ ފްލެޓް އިމާރާތްތަކުން އެޕާޓްމަންޓް ގަންނަ ފަރާތްތަކުން ފައިސާގެ މުއާމަލާތް ކުރުމުގައި ސަމާލުވުމަށް ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން އެދިއްޖެއެވެ.

އެޗްޑީސީން މިއަދު އާންމުކުރި އިއުލާނެއްގައި ބުނެފައިވަނީ ދިރިއުޅުމަށް އަމިއްލަ ފަރާތްތަކުން ވިޔަފާރި އުސޫލުން ތަރައްގީކުރަމުން އަންނަ މިޑް ރޭންޖް އަދި ލަގްޒަރީ ހައުސިން މަޝްރޫއުތަކުން އެޕާޓްމެންޓް ވިއްކުމުގެ މުއާމަލާތްތައް ކުރިޔަށް ގެންދާނީ، އެ ޕްރޮޖެކްޓް ކުރިޔަށް ގެންދާ ފަރާތާއި އެޕާޓްމެންޓް ގަންނަ ފާރާތާއި އެއްބަސްވާ ގޮތެއްގެ މަތިންކަމަށެވެ. ނަމަވެސް އެޕާޓްމެންޓް ގަތުމުގެ ފައިސާގެ މުއާމަލާތްތައް ކުރިޔަށް ގެންދަންވާނީ އިމާރާތްކުރާ ފަރާތާއި އެޗްޑީސީއާމެދު ވެފައިވާ އެއްބަސްވުމާ އެއްގޮތަށް ކަމަށް އިއުލާންގައިވެއެވެ.

ހުޅުމާލޭގައި ތަރައްގީކުރަމުން އަންނަ ރެޒިޑެންޝިއަލް އިމާރާތްތަކުން އެޕާޓްމެންޓް ވިއްކަން ފެށުމުގެ ކުރިން، ބުކިންގ ފީގެގޮތުގައި ގިނަވެގެން 50،000ރ. ގެ ރީފަންޑެބްލް ފީއެއް ކަސްޓަމަރުން އަތުން ނެގުމުގެ ހުއްދަ ޑިވެލޮޕަރަށް ލިބިގެންވާ ކަމަށް އިއުލާންގައިވެއެވެ. އަދި އެޕާޓްމެންޓް ވިއްކުމަށް ހުޅުވާލެވޭނީ، އިމާރާތުގެ ސިވިލް މަސައްކަތުގެ %20 ނިންމައި އެޗްޑީސީން އެކަމުގެ ހުއްދަ ހޯދުމަށްފަހު ކަމަށް ވެސް އިއުލާންގައިވެއެވެ. އެެހެންކަމުން އެޕާޓްމެންޓް ވިއްކުމުގެ ހުއްދަ ލިބުމުގެ ކުރިން ބުކިން ފީގެ އިތުރުން އެއްވެސް ފައިސާއެއް ކަސްޓަމަރުން އަތުން ނުނެގޭނެ ކަމަށް އެޗްޑީސީގެ އިއުލާންގައިވެއެވެ.

އަސޭރިޔާ ޕްރޮޖެކްޓުގެ އެޕާޓްމެންޓުގެ ބުކިން ފީގެ ގޮތުގައި އެއް މިލިއަން ރުފިޔާ  ފީއެއް ނެގުމުގެ ހުއްދަ ޑިވެލޮޕަރަށް ލިބިގެންވާ ކަމަށް އެޗްޑީސީގެ އިއުލާންގައިވެއެވެ. އަދި، އިމާރާތުގެ ސިވިލް މަސައްކަތުގެ %20 ނުނިމުނު ނަމަވެސް އެޗްޑީސީއާއި ޑިވެލޮޕަރާއި ދެމެދު އުފައްދާފައިވާ އެސްކްރޯ އެކައުންޓަށް ފައިސާ ޖަމާކޮށްގެން،އެ ޕްރޮޖެކްޓްތަކުގެ އެޕާޓްމަންޓް އާންމުންނަށް ގަނެވިދާނެ އެޗްޑީސީގެ އިއުލާންގައިވެއެވެ.

އަމިއްލަ ފަރާތްތަކުން އިމަރާތްކުރާ ފްލެޓްތަކުން އެޕާޓްމަންޓް ގަންނަ އާއްމު ފައިސާ ދައްކާ ނިންމުމުންވެސް އެޕާޓްމަންޓް  ނުލިބި އެތައްތަކުލީފެއް ޖެހި ޑިވެލޮޕަރ ގޮވައިގެން ކޯޓަށް ދާންވެސް ޖެހިފައި ހުރިކަން ފާހަގަ ކޮށްލެވެއެވެ.

Be the first to comment

Leave a Reply

Your email address will not be published.


*