ރަސްދޫގައި ގެއެއްގައި އަލިފާން ރޯވެ ދެމަފިރިން ބޮޑަށް ފިހިއްޖެ

އއ. ރަސްދޫގެ ގެއެއްގައި ރޭ ދަންވަރު އަލިފާން ރޯވެ، އެ ގޭގެ ދެމަފިރިން ވަރަށް ބޮޑަށް ފިހިއްޖެއެވެ. އެނގިފައިވާ ގޮތުގައި، ފަރުވާ ދެމުން އަންނަނީ އުމުރުން 31 އަހަރުގެ ދެ މީހަކަށެވެ.

ލިބިފައިވާ މަޢުލޫމާތުން އެނގޭ ގޮތުގައި، އަލިފާން ރޯވީ އެ މީހުން ނިދާފައި ތިއްބާ ކޮޓަރީގައެވެ. އެ ހާދިސާގައި އެ މީހުން ވަރަށް ބޮޑަށް ފިހިފައި ވިޔަސް ތަފުސީލެއް އަދި ލިބިފައެއް ނުވެއެވެ. އަދި އަލިފާން ރޯވީ ކިހިނެއްކަމެއްވެސް އަދި ސާފެއް ނުވެއެވެ.

ރަސްދޫގައި ފަރުވާ ދިނުމަށް ފަހު، އިތުރު ފަރުވާ އަށް އެ މީހުން ވަނީ މާލެ ގެނެސްފައެވެ. އައިޖީއެމްއެޗްގެ މީޑިއާ އޮފިޝަލް ވިދާޅުވެފައިވަނީ އެ ދެމަފިރިންނަށް ފަރުވާދެމުން އަންނަނީ އެ ހޮސްޕިޓަލުގެ އިމަޖަންސީގައި ކަމަށެވެ. އެހެންނަމަވެސް އިތުރު ތަފްސީލެއް ދީފައެއް ނުވެއެވެ.

މި ހާދިސާއާ ގުޅޭ އިތުރު މަޢުލޫމާތު ލިބުމުން އަޕްޑޭޓް ކުރެވޭނެއެވެ.

Be the first to comment

Leave a Reply

Your email address will not be published.


*