އިސްރާއީލުގެ އާ ހަމަލާތަކުން ހަތް ދުވަހުގެ ތެރޭގައި 142،000 މީހުން ގެދޮރު ގެއްލިއްޖެ

އިސްރާއީލުން ޣައްޒާއަށް އަލުން ދޭން ފެށި ހަމަލާތަކުގެ ސަބަބުން އެންމެ ހަތް ދުވަހުގެ ތެރޭގައި 142،000 މީހުން ގެދޮރު ގެއްލިފައިވާ ކަމަށް އދ އިން ހާމަކޮށްފިއެވެ.

އިސްރާއީލުގެ އޮފިޝަލުން ބުނާ ގޮތުގައި މި އާ ހަމަލާތަކުގެ ބޭނުމަކީ ހަމާސްގެ ބެލުމުގެ ދަށުގައިތިބި ރަހީނުން ދޫކޮށްލުމަށް ޕްރެޝާ ކުރުމެވެ. 2023 ވަނަ އަހަރުގެ އޮކްޓޯބަރު މަހުގެ ހަތް ވަނަ ދުވަހު އިސްރާއީލަށް ދިން ހަމަލާގައި ހަމާސްގެ ބެލުމުގެ ދަށަށް ގެންދިޔަ 251 މީހުންގެ ތެރެއިން 58 މީހުން އަދިވެސް ތިބީ އެމީހުންގެ ބެލުމުގެ ދަށުގައެވެ. އޭގެ ތެރެއިން 34 މީހުން މަރުވެފައިވާ ކަމަށް އިސްރާއީލުން ބުނެފައިވެއެވެ.

އިސްރާއީލުން ޣައްޒާއަށް ދެމުންދާ އަނިޔާވެރި އަދި ލާއިންސާނީ ހަމަލާތަކުގައި މިހާތަނަށް ވަނީ ބައިލައްކައަށްވުރެ ގިނަ މީހުން ޝަހީދުކޮށްލާފައެވެ.

މި އާ ހަމަލާތަކާއެކު ޣައްޒާގެ އިންސާނީ ޙާލަތު އިތުރަށް ގޯސްވެ، ގެދޮރު ގެއްލޭ މީހުންގެ އަދަދު އިތުރުވަމުންދާކަން ފާހަގަކުރެވެއެވެ. އދ އިން މި މައުލޫމާތު ހާމަކުރުމުން، ބައިނަލްއަޤްވާމީ މުޖުތަމަޢުގެ ކަންބޮޑުވުން އިތުރުވެފައިވެއެވެ.

Be the first to comment

Leave a Reply

Your email address will not be published.


*