ނ. ވެލިދޫގައި ކުރިއަށްދާ “ވިޒިޓް ވެލިދޫ އިންވިޓޭޝަން ވޮލީބޯލް ޓޯނަމަންޓް” ގެ ފިރިހެން ޑިވިޜަންގައި ރޭ ކުޅުނު ފޯރިގަދަ މެޗު މަގޫދޫ ވީ.ޓީން ކާމިޔާބުކޮށްފިއެވެ. މާޅެންދޫ ވީ.ޓީއާ ބައްދަލުކޮށް މަގޫދޫން މި މެޗު ކާމިޔާބުކުރީ 3 ސެޓު 2 ސެޓުންނެވެ.
މި މުބާރާތުގެ ފިރިހެން ޑިވިޜަންގެ ފަސްވަނަ މެޗުގައި ދެ ޓީމުގެ ފަރާތުންވެސް ފެނިގެންދިޔައީ ވަރަށް ވާދަވެރި ކުޅުމެކެވެ. މެޗުގެ ފުރަތަމަ ސެޓު މަގޫދޫ ވީ.ޓީން ކާމިޔާ

ބުކުރީ 25-20 އިންނެވެ. މި ސެޓުގައި މަގޫދޫން ފަސް ޕޮއިންޓުގެ ފަރަގެއް ބޭއްވި ނަމަވެސް، ދެވަނަ ސެޓަށް ނިކުމެ މާޅެންދޫ ވީ.ޓީން ވަނީ ކުޅުން ރަނގަޅުކޮށްފައެވެ.
ދެވަނަ ސެޓުގައި މާޅެންދޫގެ ފަރާތުން ބާރުގަދަ ހަމަލާތަކެއް މަގޫދޫގެ ކޯޓަށް އަމާޒުވެގެންދިޔައެވެ. ނަތީޖާއެއްގެ ގޮތުން، ވަރަށް ގާތްގާތުގައި ޕޮއިންޓްތައް ހޯދަމުން ގޮސް، 27-25 އިން މި ސެޓު ކާމިޔާބުކުރީ މާޅެންދޫ ވީ.ޓީންނެވެ
މެޗުގެ ތިންވަނަ ސެޓު 25-21 އިން މަގޫދޫ ވީ.ޓީން ގެންދިޔަ ނަ
މަވެސް، ހިތްވަރު އެލުވާނުލައި ކުޅެ މާޅެންދޫން ވަނީ ހަތަރުވަނަ ސެޓު ކާމިޔާބުކޮށް، ސެޓުގެ ނަތީޖާ 2-2 އަށް އެއްވަރުކޮށްފައެވެ.
މެޗުގެ ނަތީޖާ ކަނޑައެޅުމަށް ކުޅުނު ފަ
ސްވަނަ ސެޓުގައި ދެ ޓީމުންވެސް ކުރި ހޯދުމަށް ވަރުގަދަ ހަނގުރާމައެއް ކުރިއެވެ. ނަމަވެސް، މެޗުގެ ފަހު ވަގުތު ހަމަޖެހިލައިގެން ކުޅެ، 15-13 އިން މި ސެޓު ކާމިޔާބުކޮށް މަގޫދޫ ވީ.ޓީން ވަނީ މެޗުން މޮޅުވެފައެވެ.
މި މެޗުގެ މޭން އޮފް ދަ މެޗުގެ މަގާމަށް ހޮވިފައިވަނީ މަގޫދޫ ވީ.ޓީގެ ޖާރޒީ ނަމްބަރު 18، ހުސެއިން ހަމީދު އެވެ. އޭނާ ވަނީ މެޗުގައި އެ ޓީމަށް ޕޮއިންޓް ހޯދައިދިނުމުގައި މުހިންމު ދައުރެއް އަދާކޮށްފައެވެ.

Leave a Reply