ނ. ވެލިދޫގައި ކުރިއަށްދާ “ވިޒިޓް ވެލިދޫ އިންވިޓޭޝަން ވޮލީ ބޯލް ޓޯނަމަންޓް” ގެ ފިރިހެން ޑިވިޜަންގައި މިއަދު ކުޅުނު މެޗުން ހޮޅުދޫ ވީ.ޓީގެ މައްޗަށް ކުރިހޯދައި، ހެނބަދޫ ވީ.ޓީން މުހިންމު މޮޅެއް ހޯދައިފިއެވެ.
މި މުބާރާތުގެ ފިރިހެން ޑިވިޜަންގެ 7 ވަނަ މެޗުގައި މިއަދު ބައްދަލުކުރީ ހޮޅުދޫ ވީ.ޓީ އާއި ހެނބަދޫ ވީ.ޓީއެވެ. މި މެޗުގައި ދެ ޓީމުގެ ފަރާތުންވެސް ފޯރިގަދަ އަދި ވާދަވެރި ކުޅުމެއް ފެނިގެން ގޮސްފައިވެއެވެ. މެޗުގެ ފުރަތަމަ ސެޓު ފެށިގެން ހޮޅުދޫ ވީ.ޓީން ލީޑެއްގައި އޮތް ނަމަވެސް، ހެނބަދޫ ވީ.ޓީން ވަނީ ކުޅުން ރަނގަޅުކޮށް، ފަހަތުން އަރައި 25-21 އިން ފުރަތަމަ ސެޓު ކާ މިޔާބުކޮށްފައެވެ.
ދެވަނަ ސެޓުގައިވެސް ދެ ޓީމުގެ ފަރާތުން ވާދަވެރިކަން ފެނުނު ނަމަވެސް، ހެނބަދޫ ވީ.ޓީން

ވަނީ ބޮޑު ތަފާތަކުން މި ސެޓު ކާމިޔާބުކޮށްފައެވެ. އެ ޓީމުން ދެވަނަ ސެޓު ގެންދިޔައީ 25-16 އިން، 9 ޕޮއިންޓުގެ ތަފާތަކުންނެވެ.
މިއީ މި މުބާރާތުގައި ހެނބަދޫ ވީ.ޓީ ކުޅުނު ދެވަނަ މެޗެވެ. އަދި މިއީ އެ ޓީމުން މުބާރާތުގައި ހޯދި ދެވަނަ މޮޅެވެ. މިއަދުގެ މެޗުގެ މޭން އޮފް ދަ މެޗުގެ މަގާމަށް ހޮވުނީ ހެނބަދޫ ވީ.ޓީގެ ޖާރޒީ ނަމްބަރު 15، އަހްމަދު އަލީއެވެ.ވީމާ ހެނބަދޫވީ.ޓީ ވަނީ ސެމީފައިނަލްގެޖާގައެއް ކަށަވަރުވެފައިވާކަމެއެވެ
މި މުބާރާތުގައި ހެނބަދޫ ވީ.ޓީ ދެން ބައްދަލުކުރާނީ ވެލިދޫ އެސް.ޓީއާއެވެ. މި މެޗު ކުޅުމަށް ތާވަލުކުރެވިފައިވަނީ 6 މޭ 2026 ވާ ބުދަ ދުވަހުއެވެ. މި މުބާރާތަކީ ވެލިދޫގެ ވޮލީބޯޅަ ކުރިއަރުވައި، ރަށްރަށުގެ މެދުގައި އޮންނަ ގުޅުން ބަދަހިކުރުމުގެ މަގްސަދުގައި ބާއްވާ މުބާރާތެކެވެ.

Leave a Reply