ނ. ވެލިދޫ: “ވިޒިޓް ވެލިދޫ އިންވިޓޭޝަން ވޮލީބޯލް ޓޯނަމަންޓް” ގައި ކުޅެވުނު ފޯރިގަދަ މެޗުން މޮޅުވެ، ވެލިދޫ އެސް.ސީ އިން މުބާރާތުގެ ސެމީ ފައިނަލުން ޖާގަ ކަށަވަރުކޮށްފިއެވެ.
ވެލިދޫ އެސް.ސީ މި މެޗު ކާމިޔާބުކުރީ ސީދާ ތިން ސެޓުންނެވެ. މި މެޗަކީ އެ ޓީމަށް ނިސްބަތުން ވަރަށް ފަސޭހަވެގެންދިޔަ މެޗެއްކަން ފާހަގަކުރެވެއެވެ.
މެޗުގެ ފުރަތަމަ ސެޓުގައި ވެލިދޫ އެސް.ސީގެ ފަރާތުން ފެނުނީ ވަރަށް ވަރުގަދަ ކުޅުމެކެވެ. މި ސެޓު އެ ޓީމުން ކާމިޔާބުކުރީ 25-8 ގެ ބޮޑު ތަފާތަކުންނެވެ. އެއީ 17 ޕޮއިންޓުގެ ފަރަގަކާ އެކުގައެވެ.

ޖެހިގެން އައި ދެވަނަ ސެޓާއި ތިންވަނަ ސެޓަށް ދެ ޓީމުން ނުކުތީ ވަރަށް ބޮޑު ވާދަވެރިކަމަކާ އެކުގައެވެ. ނަމަވެސް،، ވެލިދޫ އެސް.ސީގެ ހުށިޔާރު ކުޅުމާއެކު ދެވަނަ ސެޓު 25-19 އިން އެ ޓީމު ކާމިޔާބުކުރިއެވެ. އަދި ތިންވަނަ ސެޓުގައި ވެސް މޮޅު ކުޅުމެއް ދައްކައި، ހަމަ އެ ނަތީޖާއިން (25-19) ސެޓު ކާމިޔާބުކޮށް މެޗުން މޮޅުވިއެވެ. މި ދެ ސެޓު ވެސް އެ ޓީމުން ކާމިޔާބުކުރީ 6 ޕޮއިންޓުގެ ފަރަގަކާ އެކުގައެވެ
މި މޮޅާއެ
ކު ވެލިދޫ އެސް.ސީ ސެމީ ފައިނަލަށް ދަތުރުކޮށްފައިވާއިރު، ދެން އެ ޓީމުން ވާދަކުރަން ޖެހޭނީ ހެނބަދޫ ވީ.ޓީ އާއެވެ. ހެނބަދޫ ވީ.ޓީ އަކީ މިދިޔަ (2025) ވަނަ އަހަރުގެ މި މުބާރާތުގެ ޗެމްޕިއަން ޓީމެވެ.
މި މެޗުގެ މޭން އޮފް ދަ މެޗުގެ މަގާމު ހޯދީ ވެލިދޫ އެސް.ސީގެ ޖާރޒީ ނަމްބަރު 2، މުހައްމަދު އަނީފް އިބްރާހިމް އެވެ.
މުބާރާތުގެ ސެމީ ފައިނަލްގެ ފުރަތަމަ މެޗު ކުޅުމަށް ތާވަލުކުރެވިފައިވަނީ އަންނަ މާރޗް މަހުގެ 10 ވަނަ ދުވަހުއެވެ. އަދި ސެމީ ފައިނަލްގެ ދެވަނަ މެޗު ކުޅުމަށް ހަމަޖެހިފައިވަނީ މާރޗް 11 ވަނަ ދުވަހުއެވެ.

Leave a Reply