“ދުރަންދަރު 2”: ފިލްމު ބަލާ ފަރާތްތަކަށް ސަޕްރައިޒެއް

ރަންވީރު ސިންގް، އަރުޖުން ރާމްޕާލް، ސަންޖޭ ދަތު އަދި އާރް. މާދަވަން ފަދަ ތަރިން ފެނިގެންދާ “ދުރަންދަރު: ދަ ރިވެންޖް” ، 19 މާރޗް 2026 ( ބުރާސްފަތި ދުވަހު ) ގައި ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ރަސްމީކޮށް ވަނީ ރިލީޒްކޮށްފައެވެ. ނަމަވެސް، އިންޑިއާގައި 18 މާރޗް 2026ވަނަ ދުވަހު ބޭއްވި ޕްރިވިއު ޝޯތަކާއެކު، މީސްމީޑިއާ މިހާރު ވަނީ މި ފިލްމުގެ ރިވިއުތަކުން ފުރާލާފައެވެ.

މި ފިލްމަށް ގިނަ ބައެއްގެ ތައުރީފު އޮހެމުންދާއިރު، ފިލްމު ބަލަންދާ ފަރާތްތަކަށް ބައެއް ބެލުންތެރިން ވަނީ މުހިންމު އިލްތިމާސެއް ކޮށްފައެވެ. އެއީ ފިލްމު ނިމި ސްކްރީން އެއްކޮށް އަނދިރިވަންދެން މަޑުކުރުމަށެވެ. އެއީ ކީއްވެގެން ހެއްޔެވެ؟ ސަބަބަކީ މި ފިލްމުގެ ނިމުމުގައި އެކެއް ނޫން، ބަދަލުގައި ދެ “ޕޯސްޓް-ކްރެޑިޓް” މަންޒަރު ހިމެނޭތީއެވެ.\

“ދުރަންދަރު 2” ގެ ޕްރިވިއު ޝޯ ބެލި ފަރާތްތަކުން ހާމަކޮށްފައިވާ ގޮތުގައި، ޑައިރެކްޓަރު އަދިތްޔަ ދާރް ވަނީ ފިލްމުގެ އެންމެ ފަހުބައިގައި ބެލުންތެރިންނަށް ހައިރާންކަމެއް ގެނެސްދީފައެވެ. ޑައިރެކްޓަރު މިކަމުގެ ކުޑަ އިޝާރާތެއް ކުރިން ދީފައިވީ ނަމަވެސް، ފިލްމުގެ ނިމުމުގައި ދެ މަންޒަރު ހިމެނޭކަން އެނގުމުން ގިނަ ބަޔަކަށް ލިބުނީ ބޮޑު ސަޕްރައިޒެކެވެ. އެހެންކަމުން، މި ދެ މަންޒަރުވެސް ބަލާލުމުގެ ފުރުސަތު ލިބުނު ބެލުންތެރިން ދަނީ، ސްކްރީން އެއްކޮށް ނިވުމުގެ ކުރިން ގޮނޑިން ތަދުނުވެ މަޑުކުރުމަށް އެހެން ބެލުންތެރިންނަށް ނަސޭހަތްތެރިވަމުންނެވެ.

Be the first to comment

Leave a Reply

Your email address will not be published.


*