ރާއްޖޭގެ މިއުޒިކީ ދާއިރާގައި ފާހަގަކޮށްލެވޭ “އެންދެރި ބޮޑުބެރު ގުރޫޕް” ގެ މުޅިން އައު މަޝްއަޕް “ލަވަ ޗޭނު 2” ރަސްމީކޮށް އާންމުންނަށް ދޫކޮށްލައިފިއެވެ.
މި އައު އުފެއްދުމަކީ ލޯބީގެ އެކި ރަހަތައް އެކުލެވޭ ގޮތަށް ތައްޔާރުކޮށްފައިވާ ހިތްގައިމު މަޝްއަޕެކެވެ. “ލަވަ ޗޭނު 2″ ގެ ނަމުން ނަންދީފައިވާ މި ލަވައިން ރާއްޖޭގެ މިއުޒިކީ ދާއިރާގައި ފާހަގަކޮށްލެވޭ އެތަކެއް ފަންނާނުންތަކެއް ފެނިގެންދެއެވެ. މިއީ އެންދެރި ބޮޑުބެރު ގުރޫޕުން އެ ގުރޫޕްގެ ސަޕޯޓަރުންނަށާއި ދިވެހި މިއުޒިކަށް ލޯބިކުރާ ފަރާތްތަކަށް ގެނެސްދިން ތަފާތު މަސައްކަތެކެވެ.
މި ލަވަ ޗެއިން ގައި ހިތް ގައިމު ލަވަތަކެއް ހިމެނިފައިވާ ކަން ފާހަގަ ކޮއްލެވެއެވެ . އޭގެ ތެރޭގައި ( ވައުދާ ހުވާ ކޮއްފާ ، އާދޭ މިޔަދު ދާން ) މި ކަހަލަ ލޯބީގެ ރީތި އެތަކެއް ލަވަ އެއް ހިމެނިގެން ވެއެވެ. މި ލަވަ ” ލަވަ ޗެއިން2 ” އަށް ފަހު އެތަކެއް ފަރާތް ތަކުން މި ލަވަ އަށް ” ލަވަ ޗެއިން2″ އށް ތައުރީފް ކުރަމުންނެއެވެ
ޔޫޓިއުބް މެދުވެރިކޮށް އާންމުކުރި މި ލަވަޔަށް އަންނަނީ ބޮޑު ތަރުހީބެއް ލިބެމުންނެވެ. އެގޮތުން މި ލަވަ ޔޫޓިއުބަށް ދޫކޮށްލިތާ އެންމެ 6 ދުވަސް ތެރޭގައި “ލަވަ ޗެއިން 2 ” އަށް ވަނީ އެންމެން ގެ މަޤުބޫލް ކަން ލިބިފައެވެ . .
މި މަޝްއަޕް އާންމުންނަށް ދޫކޮށްލާފައިވަނީ ލަވަކިޔުންތެރިންގެ ހުނަރުތައް ވަރަށް ފުރިހަމައަށް ފެންނާނެ ގޮތަށެވެ. އެންދެރި ބޮޑުބެރު ގުރޫޕުން މީގެ ކުރިންވެސް ވަނީ އާންމުންގެ މެދުގައި މަގުބޫލު ގިނަ އުފެއްދުންތަކެއް ގެނެސްދީފައެވެ.
https://www.youtube.com/watch?v=UTruL69YWNE

Leave a Reply