އެމެރިކާގެ ހިއްސާގެ ބާޒާރަކީ މިހާރު ރެކޯޑް މިންވަރަކަށް ކުރިއަރާފައިވާ ހަމައެކަނި ބާޒާރެއް ނޫނެވެ. ތައިވާން، ދެކުނު ކޮރެއާ އަދި ޖަޕާނުގެ ހިއްސާގެ ބާޒާރުތަކުގެ އިންޑެކްސްތައް ވެސް ވަނީ ފަހުގެ މުއާމަލާތްތަކުގައި އާ ރެކޯޑްތަކަކަށް ވާސިލުވެފައެވެ. މިއީ މާރިޗު މަހު ބާޒާރުތަކަށް އައި ހީނަރުކަމަށްފަހު، އަލުން ބާޒާރުތައް އާރޯވެ ކުރިއަށްދާކަމުގެ ނިޝާނެކެވެ.
އޭޝިއާގެ ގައުމުތަކަކީ މެދުއިރުމަތިން އެތެރެކުރާ ތެލަށް ވަރަށް ބޮޑަށް ބަރާސާވާ ގައުމުތަކެކެވެ. އީރާނު ހަނގުރާމައާ ގުޅިގެން ތެޔޮ އެތެރެކުރުމަށް ބޮޑެތި ހުރަސްތަކެއް ކުރިމަތިވެފައިވީ ނަމަވެސް، އެ ގައުމުތަކުގެ އިގްތިސާދަށް ކުރި އަސަރުތަކުން ހިއްސާގެ ބާޒާރުތައް ހުއްޓުވައެއް ނުލެވުނެވެ. ފާއިތުވި ހަފުތާތަކުގައި އެ ބާޒާރުތައް ދިޔައީ ބާރުމިނުގައި ކުރިއަރަމުންނެވެ.
ބުދަ ދުވަހު ދެކުނު ކޮރެއާގެ ‘ކޮސްޕީ’ (Kospi) އިންޑެކްސް އާއި ތައިވާނުގެ ‘ޓައިއެކްސް’ (Taiex) އިންޑެކްސް ވަނީ ރެކޯޑް މިންވަރަކަށް އުފުލިފައެވެ. ޖަޕާނުގެ ‘ނިކެއި 225’ (Nikkei 225) އިންޑެކްސް ވެސް މިދިޔަ ހަފުތާގައި ވަނީ އާ އުސްމިނަކަށް ވާސިލުވެފައެވެ. ހަމައެއާއެކު، އެމެރިކާގެ ‘އެސް އެންޑް ޕީ 500’ (S&P 500) އަދި ‘ނަސްޑެކް ކޮމްޕޮސިޓް’ (Nasdaq Composite) އިންޑެކްސްތައް ވެސް ބުދަ ދުވަހު ވަނީ ރެކޯޑް މިންވަރަކަށް އުފުލިފައެވެ.
އޭޝިއާ އާއި އެމެރިކާގެ ބާޒާރުތަކަށް މި އައި އާރޯކަމުގެ މައިގަނޑު ސަބަބަކީ ދުނިޔޭގައި އާޓިފިޝަލް އިންޓެލިޖެންސް (AI) އަށް އޮތް ޝައުގުވެރިކަން ބޮޑުވުމެވެ. އޭއައިގެ ސަބަބުން ބާޒާރުތަކަށް ލިބުނު މި ކުރިއެރުމުގެ ސަބަބުން އީރާނު ހަނގުރާމައިގެ ސަބަބުން ކުރިމަތިވެދާނެ ނުރައްކާތަކަށް އޮތް ސަމާލުކަން ވަނީ ކުޑަވެފައެވެ. އޭއައި އިންފްރާސްޓްރަކްޗަރ ބިނާކުރުމަށް ބޭނުންވާ ސެމީކޮންޑަކްޓަރ ޗިޕްތަކަށް އޮތް ބޮޑު ޑިމާންޑުގެ ފައިދާ، ވަކިން ހާއްސަކޮށް އޭޝިއާގެ ބާޒާރުތަކަށް ވަނީ ވަރަށް ބޮޑަށް ކުރިފައެވެ.އޭއައިގެ ސިނާޢަތާ އެހާ ބޮޑަށް ގުޅިފައި ނުވާ ސަރަހައްދުތަކުގެ ބާޒާރުތަކަކުންނެއެވެ
އިގޭތަ ދެކުނު ކޮރެއާ އާއި ތައިވާނުގެ ފާހަގަ ކޮއްލެވޭ ކުރިއެރުން
އެމެރިކާއަކީ ހަކަތަ ބޭރުކުރާ ގައުމަކަށް ވީނަމަވެސް، ޖަޕާނާއި ދެކުނު ކޮރެއާ ފަދަ ގައުމުތަކަކީ ބޭރުން ހަކަތަ އެތެރެކުރާ ގައުމުތަކެވެ. މީގެ މާނައަކީ ތެލުގެ އަގު އުފުލުމުގެ ނޭދެވޭ އަސަރު އޭޝިއާގެ އިގްތިސާދުތަކަށް މާ ބޮޑަށް ކުރާނެ ކަމެވެ. އެހެންނަމަވެސް، ހަކަތައިގެ އަގު ބޮޑުވުމާއި، އާންމުންގެ ހަރަދުތަކަށާއި އިގްތިސާދީ ކުރިއެރުމަށް އަތުވެދާނެ ހީނަރުކަމާ މެދު ކަންބޮޑުވުންތައް ހުރި ނަމަވެސް، އޭއައި ސިނާޢަތަށް އޮތް ބޮޑު ތަރުހީބުގެ ސަބަބުން ހިއްސާގެ ބާޒާރުތައް ދަނީ ކުރިއަށެވެ.ދެކުނު ކޮރެއާއަކީ ސެމީކޮންޑަކްޓަރ ޗިޕް އުފެއްދުމުގައި ދުނިޔޭގެ ކުރިއަރާފައިވާ ގައުމެކެވެ.
އެގައުމުގެ ހިއްސާގެ ބާޒާރު ވަނީ ވަރަށް ބޮޑަށް ކުރިއަރާފައެވެ. ‘ކޮސްޕީ’ އިންޑެކްސް 2025 ވަނަ އަހަރު ގާތްގަނޑަކަށް 76 އިންސައްތަ ކުރިއަރާފައިވާއިރު، މިއީ 1999 ވަނަ އަހަރަށްފަހު އެ ބާޒާރު އެންމެ ބޮޑަށް ކުރިއެރުނު އަހަރެވެ. އަދި މި ހިނގާ އަހަރުގެ މިހާތަނަށްވެސް ވަނީ 75 އިންސައްތަ ކުރިއެރުމެއް ހޯދާފައެވެ. ބުރާސްފަތި ދުވަހު އައި މި ކުރިއެރުމާއެކު، ކޮރެއާގެ ހިއްސާގެ ބާޒާރު ވަނީ ކެނެޑާ ފަހަތަށް ޖައްސާލުމަށްފަހު ދުނިޔޭގެ ހަތްވަނައަށް އެންމެ ބޮޑު ބާޒާރަށް ވެފައެވެ.

Leave a Reply