“ވިޒިޓް ވެލިދޫ އިންވިޓޭޝަން ވޮލީބޯލް ޓޯނަމަންޓް”: ސެމީ ފައިނަލުގެ ފުރަތަމަ މެޗަށް ޓީމުތައް ތައްޔާރު

ވިޒިޓް ވެލިދޫ އިންވިޓޭޝަން ވޮލީ ޓޯނަމަންޓް

ނ. ވެލިދޫ: މިހާރު ކުރިއަށްދާ “ވިޒިޓް ވެލިދޫ އިންވިޓޭޝަން ވޮލީބޯލް ޓޯނަމަންޓް” ގެ ފޯރިގަދަވެ، މުބާރާތުގެ ގްރޫޕް ސްޓޭޖްގެ މެޗުތައް ނިމި ސެމީ ފައިނަލުގައި ވާދަކުރާ ހަތަރު ޓީމު މިހާރު ވަނީ ކަށަވަރުވެފައެވެ.

މި މުބާރާތުގެ ސެމީ ފައިނަލުން ޖާގަ ހޯދާފައިވާ ހަތަރު ޓީމަކީ މަގޫދޫ ވީ.ޓީ، ހެނބަދޫ ވީ.ޓީ، ވެލިދޫ އެސް.ސީ އަދި މާޅެންދޫ ވީ.ޓީ އެވެ.

މިހާތަނަށް ދެއްކި ކުޅުމަށް ބަލާއިރު، މަގޫދޫ ވީ.ޓީ އަކީ ގްރޫޕް ސްޓޭޖުގައި ކުޅުނު ތިން މެޗުންވެސް މޮޅުވެ، ބަލިނުވެ ސެމީއަށް ދަތުރުކުރި ހަމައެކަނި ޓީމެވެ. މާޅެންދޫ ވީ.ޓީ އާއި ހެނބަދޫ ވީ.ޓީ ސެމީ ފައިނަލަށް ދަތުރުކުރީ ކުޅުނު ތިން މެޗުގެ ތެރެއިން ދެ މެޗުން މޮޅުވެ، ހަ ޕޮއިންޓާއެކުގައެވެ. މުބާރާތް ބާއްވާ ރަށް ކަމަށްވާ ވެލިދޫގެ ވެލިދޫ އެސް.ސީ ވެސް ވަނީ ކުޅުނު ތިން މެޗުން މޮޅުވެ، ސެމީގެ ޖާގައެއް ކަށަވަރުކޮށްފައެވެ.

ސެމީފައިނަލްގެ މެޗްތައް ކުޅެން ހަމަޖެހިފައިވަނީ މިއަދު، (8 މާރޗް 2026 )ވާ ހުކުރު ދުވަހުގެ ހަވީރުއެވެ. މިއަދު ކުޅުމަށް ހަމަޖެހިފައިވާ ސެމީ ފައިނަލުގެ ފުރަތަމަ މެޗުގައި ބައްދަލުކުރާނީ މަގޫދޫ ވީ.ޓީ އާއި ހެނބަދޫ ވީ.ޓީ އެވެ. މި މެޗުން މޮޅުވާ ޓީމަކަށް މި މަހުގެ 10 ވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ މި މުބާރާތުގެ ބޮޑު ފައިނަލުން ޖާގައެއް ލިބިގެންދާނެއެވެ.

ސެމީ ފައިނަލުގެ ދެވަނަ މެޗުގައި ބައްދަލުކުރާނީ ވެލިދޫ އެސް.ސީ އާއި މާޅެންދޫ ވީ.ޓީ އެވެ. މިއަދުގެ މެޗުތަކަށް ހަތަރު ޓީމުންވެސް ވަނީ އެންމެ ފަހުގެ ތައްޔާރީތައްވެ، މޮޅު ވުމަށް ވަރަށް ބޮޑަށް އަޒުމް ކަނޑައަޅާފައެވެ

Be the first to comment

Leave a Reply

Your email address will not be published.


*