ނ. ވެލިދޫ: “ވިޒިޓް ވެލިދޫ އިންވިޓޭޝަން ވޮލީބޯލް ޓޯނަމަންޓް” ގައި މިއަދު ކުޅެވުނު ސެމީ ފައިނަލްގެ ފުރަތަމަ މެޗު ކާމިޔާބުކޮށް ހެނބަދޫ ވީ.ޓީ އިން މުބާރާތުގެ ފައިނަލްގެ ފުރަތަމަ ޖާގަ ކަށަވަރުކޮށްފިއެވެ.
މިއަދު ހަވީރު ކުޅެވުނު މި މެޗުގައި ބައްދަލުކުރީ ހެނބަދޫ ވީ.ޓީ އަދި މަގޫދޫ ވީ.ޓީ އެވެ. މި މެޗު ހެނބަދޫ އިން ކާމިޔާބުކުރީ ސީދާ ތިން ސެޓުން މަގޫދޫ ބަލިކުރުމަށްފަހުގައެވެ.

މުޅި މެޗަށް ބަލާއިރު ދެ ޓީމުގެ ފަރާތުންވެސް ފޯރިގަދަ ވާދަވެރި ކުޅުމެއް ފެނިގެންދިޔަ ނަމަވެސް، މެޗުގެ ކޮންޓްރޯލް އޮތީ ހެނބަދޫ އަތުގައެވެ. މެޗުގެ ފުރަތަމަ ސެޓު ހެނބަދޫ އިން ކާމިޔާބުކުރީ 25-12 އިންނެވެ. މިއީ 13 ޕޮއިންޓުގެ ބޮޑު ފަރަގެކެވެ.
މެޗުގެ ދެވަނަ ސެޓަށް ދެ ޓީމުން ކުރިމަތިލީ އިރު، މަގޫދޫ ވީ.ޓީ އިން ކުޅުން ރަނގަޅުކޮށް ވާދަވެރިކަން ފެނިގެން ދިޔައެވެ. ނަމަވެސް، ހެނބަދޫ ވީ.ޓީގެ މޮޅު ކުޅުމާއެކު މި ސެޓުވެސް އެޓީމުން ކާމިޔާބުކުރީ ފުރަތަމަ ސެޓެކޭ އެއްގޮތަށް 25-12 އިންނެވެ.
މެޗުގެ ތިންވަނަ ސެޓުގައިވެސް މަގޫދޫ ޓީމުން ހިތްވަރުގަދަ ކުޅުމެއް ދެއްކި ނަމަވެސް، ހެނބަދޫ އިން ވަނީ 25-13 އިން މި ސެޓު ކާމިޔާބުކޮށް މެޗުން މޮޅުވެފައެވެ. ތިންވަނަ ސެޓުގައި ދެ ޓީމުގެ ދެމެދުގައި އުޅުނީ 12 ޕޮއިންޓުގެ ފަރަގެކެވެ. މިޔަދު ގެ މޭން އޮފް ދަ މެޗް އަށް ހޮވިފައި ވަނީ ހެނބަދޫ ވީ.ޓީ ޖާރޒީ ނަމްބަރ10 މުހައްމަދު އާޒިމް ހުސެއިން
މި މުބާރާތުގެ ސެމީ ފައިނަލްގެ ދެވަނަ މެޗު މިރޭ ކުޅުމަށް ވަނީ ހަމަޖެހިފައެވެ. މިރޭ ބައްދަލުކުރާނީ މާޅެންދޫ ވީ.ޓީ އަދި ވެލިދޫ އެސް.ސީ އެވެ. މި މެޗުން މޮޅުވާ ޓީމެއް ފައިނަލްގައި ބައްދަލުކުރަން ޖެހޭނީ ހެނބަދޫ ވީ.ޓީ އާއެވެ.

Leave a Reply