“ވިޒިޓް ވެލިދޫ އިންވިޓޭޝަން ވޮލީބޯލް ޓޯނަމަންޓް 2026” ގެ ފޯރިގަދަ ފައިނަލް މެޗުގައި ބައްދަލުކުރާނެ ދެ ޓީމު ކަށަވަރުވެއްޖެއެވެ. މާދަމާ ކުޅުމަށް ހަމަޖެހިފައިވާ މި ފައިނަލް މެޗުގައި ވާދަކުރާނީ މިދިޔަ އަހަރުގެ ޗެމްޕިއަން ހެނބަދޫ ވީ.ޓީ އާއި ވެލިދޫ އެސް.ސީ އެވެ.
މި މުބާރާތުގެ ފައިނަލަށް ހެނބަދޫ ވީ.ޓީ ދަތުރުކުރީ ކުޅެވުނު 3 މެޗް އިން 1 މެޗް ބަލިވެ އަނެއް 2 މެޗް އިން މޮޅަކުންނެއެވެ . ސެމީފައިނަލް އިން ހެނބަދޫ ވީ.ޓީ ވަނީ މޮޅުވެފައެވެ . 2025 ވަނަ އަހަރުގެ “ވިޒިޓް ވެލިދޫ ވޮލީބޯލް ޓޯނަމަންޓް” ގެ ޗެމްޕިއަންކަން ހޯދާފައިވާ ހެނބަދޫ ޓީމުން މާދަމާގެ މެޗަށް ނުކުންނަނީ، ޖެހިޖެހިގެން ދެވަނަ ފަހަރަށް މި ތަށި އުފުލާލުމުގެ ފޮނި އުއްމީދާއެކުގައެވެ.
ވެލިދޫ އެސް.ސީ ފައިނަލަށް ނުކުންނަނީ މިދިޔަ އަހަރުގެ ޗެމްޕިއަން ޓީމާ ދެކޮޅަށް އަމިއްލަ ރަށުގައި ކުޅެ، މުބާރާތުގެ ތަށި ރަށުގައި ބެހެއްޓުމުގެ ވަރުގަދަ އަޒުމެއްގައެވެ. މިއީ އެ ޓީމަށް ވަރަށް މުހިއްމު މެޗަކަށް ވެގެންދާނެއެވެ. ވެލިދޫ އެސް.ސީ އަކީ މިއަހަރު ” ވިޒިޓް ވެލިދޫ އިންވިޓޭޝަން ވޮލީބޯލް ޓޯނަމަންޓް ” ކުޅެވުނު 3 މެޗް ކާމިޔާބު ކޮށްފައިވާ އެއް ޓީމެއެވެ . އިއްޔެ ކުޅެވުނު ސެމީފައިނަލް ގައި ވެލިދޫ އެއް.ސީ އާއި މާލެންދޫ ވީ.ޓީ އަތުން ވަނީ ވެލިދޫ އެސް،ސީ މޮޅުވެފައެވެ .
ދެ ޓީމަށްވެސް މި މެޗު މުހިއްމުވާއިރު، ހެނބަދޫ ވީ.ޓީ އަށް މިއީ މުބާރާތް ބާއްވާ ރަށުގެ ޓީމާ ދެކޮޅަށް ނުކުމެ، އެމީހުންގެ މުބާރާތުގެ ތަށި ދިފާއުކުރުމަށް އޮތް ބޮޑު ގޮންޖެހުމެކެވެ. އަދި ވެލިދޫ އެސް.ސީ އަށް މިއީ އެންމެ ފަހުގެ ޗެމްޕިއަނުން ބަލިކޮށް، މުބާރާތުގެ ރަސްކަން ހޯދުމަށް ލިބޭ ރަނގަޅު ފުރުސަތެކެވެ.
ވެލިދޫގައި ކުރިއަށްދާ މި މުބާރާތުގެ ފައިނަލް މެޗަށް ދެ ރަށުގެ ސަޕޯޓަރުންވެސް އަންނަނީ ވަރަށް ބޮޑަށް ތައްޔާރުވަމުންނެވެ. މާދަމާ ކުޅޭ މި ފޯރިގަދަ މެޗާއެކު މިއަހަރުގެ “ވިޒިޓް ވެލިދޫ އިންވިޓޭޝަން ވޮލީބޯލް ޓޯނަމަންޓް” ނިމުމަކަށް އަންނާނެއެވެ.

Leave a Reply