“ބެލާ ޗާއޫ” ގެ އާ ޓީޒާއެއް ނެޓްފްލިކްސް އިން ކަށަވަރުކޮށްދީފި

ލަކެސާ.ޑި ޕަޕެލް

ނެޓްފްލިކްސްގެ މަގުބޫލު ސީރީޒް “މަނީ ހައިސްޓް” ނުވަތަ “ލަކާސާ ޑި ޕަޕެލް” ގެ ފޭނުންނަށް އުފާވެރި ޚަބަރެއް ލިބިއްޖެއެވެ. ނެޓްފްލިކްސް އިން ރަސްމީކޮށް ކަށަވަރުކޮށްދީފައިވާ ގޮތުގައި، މަނީ ހައިސްޓްގެ ދުނިޔެ އަދި ނިމުމަކަށް ނާދެއެވެ. އެހެންކަމުން، މަޝްހޫރު “ޑާލީ މާސްކް” ތަކާއި ރަތް ކުލައިގެ ޖަމްޕްސޫޓްތައް އަލުން ފެންނާނެ ކަމުގެ އިޝާރާތެއް މިވަނީ ލިބިފައެވެ.

އޮރިޖިނަލް ސީރީޒްގެ ފަސްވަނަ ސީޒަން ނިންމާލިތާ ގާތްގަނޑަކަށް ފަސް އަހަރު ފަހުން، މި ޑްރާމާ އަލުން އެނބުރި އަންނާނެ ކަމަށް މިހާރު ވަނީ ބެލެވިފައެވެ. މި މަހުގެ 15 ވަނަ ދުވަހު ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ޕްރިމިއާ ކުރުމަށް ހަމަޖެހިފައިވާ “ބާލިން ވައިލާ ޑާމާ ޑެލް އާމިނޯ” އާއެކު، ނެޓްފްލިކްސް އިން ވަނީ “ދަ ވޯލްޑް އޮފް މަނީ ހައިސްޓް” ގެ ނަމުގައި އާ ޓީޒާއެއް އާންމުކޮށްފައެވެ.

ނަމަވެސް، ކުރިއަށް އޮތް މި ބައިތަކަކީ އޮރިޖިނަލް ވާހަކައިގެ ސީދާ ކުރިއަށްލުމެއް (ކޮންޓިނިއުއޭޝަން) އެއްތޯ ނުވަތަ މުޅިން އާ ހަވަނަ ސީޒަނެއްތޯ އަދި ސާފެއް ނުވެއެވެ.

މަނީ ހައިސްޓްގެ ރަސްމީ އިންސްޓަގްރާމް އެކައުންޓުން ވަނީ މިކަމާ ގުޅޭ ޚާއްސަ ޕްރޮމޯޝަނަލް ޕޯސްޓެއް ހިއްސާކޮށްފައެވެ. މި ޕޯސްޓުގައި ރަނާއި، އަގުބޮޑު އާސާރީ ތަކެތީގެ އިތުރުން މެޝިން ގަން ހިފައިގެން ތިބި މީހުން ފެންނަ ރަތް އަދި ކަޅު ކުލައިގެ ތީމެއް ހިމަނާފައިވެއެވެ.

އެ ޕޯސްޓުގެ ކެޕްޝަނުގައި ލިޔެފައިވަނީ “ބެލާ ސިއާއޯ އަދިވެސް ކުޅެނީ، މަނީ ހައިސްޓްގެ ދުނިޔެ ކުރިއަށް އެބަދޭ” މިފަދަ މާނައެއް ދޭހަވާ ގޮތަށެވެ. މި ޓީޒާއާއެކު މި ސީރީޒްގެ ފޭނުންގެ މެދުގައި ވަނީ ބޮޑު ފޯރިއެއް އުފެދިފައެވެ.

Be the first to comment

Leave a Reply

Your email address will not be published.


*