ކުރިއަށް އޮތް އަޟްޙާ ޢީދަކީ އަޅުގަނޑުމެން އެންމެން ވަރަށް އުފަލާއެކު ފާހަގަކުރާ ޢީދެކެވެ. އާއިލާގެ މީހުންނާއި، ރައްޓެހިން އަދި ގާތްތިމާގެ މީހުންނާއެކު މަޖާ މާހައުލެއްގައި ވަގުތު ހޭދަކުރުމަކީ ދިވެހިންގެ އާދައެކެވެ.
މި އުފާވެރި މުނާސަބަތާ ދިމާކޮށް، ރާއްޖޭގެ އެކި ރަށްރަށުގައި ސަގާފީ ކުޅިވަރުތަކާއި ސްޓޭޖް ޝޯތަކުން ފޯރިނަގަމުންދާއިރު، އެންމެ ފާހަގަކޮށްލެވޭ އެއް ކަމަކީ ބޮޑުބެރެވެ. ބޮޑުބެރަކީ އަޅުގަނޑުމެންގެ ކާބަފައިންގެ ޒަމާނުން ފެށިގެން ދިވެހިންގެ ތެރޭގައި އޮތް، ކަމެކެވެ .ބޮޑުބެރާ ނުލައި ޢީދުގެ ފޯރި ފުރިހަމަ ނުވާނެ ވަރުގަދަ ސަގާފަތެކެވެ.
މިއަހަރުގެ ބޮޑުޢީދުގައި ރަށްރަށުގައި ބާއްވާ ސްޓޭޖް ޝޯތައް ފަޅުފިލުވާލުމަށްޓަކައި “އެންދެރި ބޮޑުބެރު ގުރޫޕް” އިން މިވަނީ ރަނުގެ ފުރުސަތެއް ހުޅުވާލާފައެވެ. މިހާރުވެސް އެ ގުރޫޕުން ދަނީ ޢީދުގެ ފޯރިގަދަ ހަރަކާތްތަކަށް ޚާއްޞަ ތައްޔާރީތަކެއް ވަމުންނެވެ.
ޢީދު ޝޯތަކާއި ޢީދުގެ ހަރަކާތްތައް އިތުރަށް ފޯރިގަދަކޮށް، ފުރިހަމަ ކޮށްލުމަށް ބޭނުންވާ ފަރާތްތަކުން އެންދެރި ބޮޑުބެރު ގުރޫޕްގެ ބުކިންގްސް ހެއްދެވުމަށް މިހާރު ވަނީ ހުޅުވާލާފައެވެ.
އިތުރު މަޢުލޫމާތު ހޯއްދެވުމަށާއި ބުކިންގް ހެއްދެވުމަށް 7647641 ނުވަތަ 9587840 ނަންބަރަށް ގުޅުއްވުން އެދެމެވެ. އަވަހަށް ގުޅުއްވައި، މި އަހަރުގެ ބޮޑުޢީދު އެންދެރި ބޮޑުބެރު ގުރޫޕާއެކު އިތުރަށް ފޯރިގަދަ ކޮށްލަމާ ހިގާށެއެވެ.

Leave a Reply