ޣައްޒާގެ ކޮމިއުނިޓީ ކިޗަނަކަށް އިޒްރޭލުން ދިން ހަމަލާއެއްގައި ބަދިގޭގައި މަސައްކަތްކުރާ ތިން މީހުން ޝަހީދު ކޮއްލާފި

ކިޔާލާ.ކޮމް

އިޒްރޭލުގެ އިހުތިލާލީ ބާރުތަކުން ޣައްޒާއަށް ދެމުންދާ ރަހުމުކުޑަ ހަމަލާތަކުގެ ތެރެއިން، މިދިޔަ އާދީއްތަ ދުވަހު އާންމުންނަށް ކާބޯތަކެތި ފޯރުކޮށްދޭ “ކޮމިއުނިޓީ ކިޗަން” އަކަށް އަމާޒުކޮށް ދިން ހަމަލާއެއްގައި ބަދިގޭގައި މަސައްކަތް ކުރާ ތިން މީހުން ހިމެނޭހެން ފަލަސްތީނުގެ 8 މީހަކު ޝަހީދުކޮށްލައިފިއެވެ.

މި ހަމަލާ އަމާޒުކޮށްފައިވަނީ ހައިހޫނުކަމުގައި ތިބި ޣައްޒާގެ ރައްޔިތުންނަށް ކާބޯތަކެތި ތައްޔާރުކޮށްދޭ ބަދިގެއަކަށެވެ. ޚުދާރީ ވިދާޅުވި ގޮތުގައި، މިއީ އިޒްރޭލުން ހަމައެކަނި ވަކިވަކި ފަރުދުންނަށް ހަމަލާދެނީ ނޫންކަމާއި، މުޅި މުޖުތަމައަށް ޚިދުމަތްކުރާ ޖަމިއްޔާތަކާއި ވަސީލަތްތައް ނައްތާލުމަށް މަސައްކަތް ކުރަމުންދާ ކަމުގެ ހެއްކެކެވެ.

މި ހަމަލާއާ ގުޅިގެން ހަމާސް ޖަމާއަތުން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، މިއީ ގަސްދުގައި ހިންގާފައިވާ ހަނގުރާމައިގެ ޖަރީމާއެއް ކަމަށެވެ. “މިއީ ބައިނަލްއަގުވާމީ މިންގަނޑުތަކާއި ގާނޫނުތ

Be the first to comment

Leave a Reply

Your email address will not be published.


*