ދުރުވާން ޖެހުނަސް 5

ކިޔާލާ.ކޮމް ( ދުރުވާން ޖެހުނަސް )

ކޮލެޖްގެ ކިޔެވުންތައް ފެށިގެން ދިޔުމާއެކު، ޒައިނާގެ ދިރިއުޅުމުގެ ފޮތުން އައު ބާބެއް ހުޅުވިގެން ދިޔަ ކަހަލައެވެ. އޭނާ ފެންނަނީ ކިޔެވުމުގެ ތެރެއަށް ގެއްލިފައި ހުންނަ މަންޒަރެވެ. ފޮތްތަކާއި އެސައިންމަންޓްތަކުގެ ދުނިޔޭގައި އޭނާ އަވަދިނެތި އުޅެމުންދާއިރު، ގާތް އެކުވެރިޔާ ރާނިޔާއަށް ފެންނަނީ މުޅިން ތަފާތު ޒައިނާ އެކެވެ. މުޅި މީހާ ބަދަލުވެ، ހިމޭންވެފައިވާ ފަދައެވެ.

“އޭ…. ޔޫ….. ހާދަހާ ބަދަލުތަކެއް އައިސްފައޭ ދޯ….. ޕިސް ޕިސް… މިހާރު ރާއްޖެ އައިސްވެސް އެތަކެއް ބަދަލުތަކެއް އައިސްފާ ހުރިހެން ހީވެއޭ ދޯ….. ޕިސް ޕިސް… ބުނެވެސް ނުލާ ތި އައީ،” ރާނިޔާ ކުދިކިޔަން ފެށީ ޒައިނާގެ ފަރާތުން ފެންނަ ބީރައްޓެހިކަމެއްގެ ސަބަބުންނެވެ. ގިނަ ދުވަސްތަކަކަށްފަހު ފެނުނުއިރު، ޒައިނާގެ މޫނުމަތިން ކުރީގެ އެ ހިނިތުންވުމާއި ސަކަރާތްޖެހުން ވަނީ ފިލައިގެން ގޮސްފައެވެ.

ޒައިނާ ފުން ނޭވައެއް ދޫކޮށްލުމަށްފަހު ބުނެލިއެވެ. “ދެން ޔޫ ނޯއެއްނު ވާނުވާ…. ވާނުވާ އިނގި ހުރެ ތި ހުރިހާ ސުވާލުތަކެއް ކުރަނީ ކީއްވެ؟ އަހަންނަށް މަޖުބޫރުވެގެންނޭ މި ގޮތަށް ބަދަލުތަކެއް މި އައީ.. އެހެން ނޫން ނަމަ ނާންނާނެ ދޯ.” ޒައިނާގެ އަޑުގައި ހުރީ ހިތްހަމަނުޖެހުމާއި މާޔޫސްކަމެވެ.

“ކަމެއް ނުވޭ…” ރާނިޔާ އިތުރަށް ސުވާލު ކުރަން އުޅުމުން ޒައިނާ ކުރުގޮތަކަށް ބުނެލިއެވެ. ނަމަވެސް އެ ހިތުގެ ތަޅުމުގައި ހިނގަމުންދާ ތޫފާން އެކަކަށްވެސް އިހުސާސެއް ނުކުރެވެއެވެ.

ހަމަ އެވަގުތު ޒައިނާގެ ފޯނަށް ވަޓްސްއަޕް މެސެޖެއް އައެވެ. ފޯނު ދިއްލުމަށްފަހު އަނެއްކާވެސް ސްކްރީން އޮފްވެއްޖެއެވެ. އަވަސް އަވަހަށް ޒައިނާ ބަލާލީ ކާކު ކުރި މެސެޖެއްތޯއެވެ. އެއީ ޒަކުވާންއެވެ. މާފަށް އެދިފައި އިން މެސެޖެކެވެ. “ޒައިނާ އައި އެމް ސޮރީ. އަސްލު އަހަންނަށް ޒައިނާ ދެކެ އިންތިހާއަށް ލޯބިވެވުނީ… މައިންބަފައިންގެ ނުގަބޫލުގައި އަހަންނަށް އެކަން ކުރަން ބޭނުން ނުވީ.”

އެ މެސެޖު ކިޔާލުމާއެކު ޒައިނާގެ ލޮލުން ކަރުނަ ހިލުނެވެ. ނަމަވެސް އޭނާ ހިތާ ހިތުން ބުނެލެވުނެވެ. މާފު ކުރާނީއެވެ. ކޮންމެވެސް ދުވަހަކުން އަހަރުމެން ދެމީހުންނަށް ހަޔާތުގެ ކޮންމެވެސް ހިސާބަކުން ގުޅެވިގެންދާނެއެވެ. ލޯތްބަކީ ހަމައެކަނި އެކުގައި އުޅުމެއް ނޫނެވެ. ބައެއް ފަހަރު ދުރުގައި ހުރެގެންވެސް އެކަކު އަނެކަކަށް ހެޔޮއެދުމަކީ ލޯތްބެވެ.

“އިޓް އޯކޭ ޒަކުވާން… އެއީ އެހާ ބޮޑު މައްސަލައެއްވެސް ނޫނެއްނު…” އެ ކުރު މެސެޖު ޒަކުވާންއަށް ފޮނުވާލުމަށްފަހު، ޒައިނާ އަނެއްކާވެސް ކިޔެވުމާއިގެން ކުރިއަށް ދިޔައެވެ. އެ މެސެޖާއެކު ޒަކުވާން އަދި ޒައިނާގެ ގުޅުމަށް އައު ބަހާރު މޫސުމެއް އައިހެން ހީވެއްޖެއެވެ. އެތަކެއް ދުވަހެއްގެ ހިތްދަތިކަމަށްފަހުގައެވެ. ޒައިނާ ހުރީ ޒަކުވާން ދެކެ އިންތިހާއަށް ލޯބިވެސް ވެފައެވެ. އެކަމަކު ހަމަ އެހާވެސް ހިތްހަމަނުޖެހިފައެވެ. އެއީ ޒަކުވާން ނިންމި ނިންމުމުގެ ސަބަބުން އޭނާގެ ހިތަށް ލިބުނު އަނިޔާގެ ބޮޑުކަމުންނެވެ.

ކޮލެޖްގެ ސެޝަން ނިމިގެން ޒައިނާ ކޮނޑުގައި އަޅުވާފައި އޮތް އަތްދަބަހުން ފޯނު ނެގުމަށްފަހު ޑައިލް ކޮށްލީ އޭނާގެ ކޮއްކޮ ޒީނިޔާއަށެވެ. ފޯނު ރިންގްވީ ދެތިން ފަހަރެވެ.

“އޭ ކޮއްކޯ ނިކުމެބަލަ… ގޭ ކައިރިއަށް އެބައިން ޓޯކްއެއް ކޮށްލަން.. ދޮންތީ ދޭނަމޭ ކާން،” ޒައިނާ އެހެން ބުނުމުން ޒީނިޔާ ވަރަށް އުފާވިއެވެ. “އާ އޯކޭ މި ރެޑީވަނީ، ގިވް މީ 5 މިންސް..” ޒީނިޔާ އަވަސް އަވަހަށް ފޯނު ބޭއްވުމަށްފަހު ތައްޔާރުވާން ފެށީ އޭނާ ލޯބިވާ ދޮންތަގެ ދައުވަތަށެވެ.

ޒައިނާ އިސްޖަހާލައިގެން ހުރެ ހިނގަމުންދިޔައިރު، އޭނާގެ ހިތުގައި ވަނީ އެއް އަޒުމެކެވެ. ދުރުވާން ޖެހުނަސް، އަމިއްލަ ނަފްސާއި ކުރިމަގަށްޓަކައި ހިތްވަރު ކުރަންޖެހޭނެ ކަމެވެ. ކޮންމެ ނިމުމަކީ އައު ފެށުމެއްގެ ފެށުންކަން އޭނާ ގަބޫލުކުރެއެވެ.

Be the first to comment

Leave a Reply

Your email address will not be published.


*