ނ. ފޮއްދޫގައި ކުރިއަށްދާ “ފޮއްދޫ ކައުންސިލް ކަޕް 2026” ގެ އަންހެން ޑިވިޝަނުގެ ފޯރިގަދަ ކުޅުމެއް ފެނިގެންދިޔަ ދެވަނަ މެޗުގައި، ސާރބަ ޓްރެވެލް އެންޑް ޓުވާރސް ޕވޓ ލޓޑ އާ ބައްދަލުކޮށް 2-0 ގެ ނަތީޖާއަކުން ސީނާ މާރޓް މޮޅުވެއްޖެއެވެ.
ފޮއްދޫ ފުޓްސަލް ދަނޑުގައި ކުޅެވުނު މި މެޗުގެ ފުރަތަމަ ހާފުގައި ދެ ޓީމުގެ ފަރާތުންވެސް ފޯރިގަދަ ކުޅުމެއް ފެނިގެން ގޮސްފައިވެއެވެ. ޚާއްޞަކޮށް ސާރބަ ޓްރެވެލް އެންޑް ޓުވާރސް އަށް ގޯލް ޖަހާނެ ރަނގަޅު ފުރުސަތުތަކެއް ފުރަތަމަ ހާފުގައި ލިބި ބޭކާރުވެފައިވާކަން ފާހަގަކުރެވެއެވެ. ނަމަވެސް، ލިބުނު ފުރުސަތުގެ ބޭނުން ހިފައި ސީނާ މާރޓުން ވަނީ ފުރަތަމަ ހާފު ނިމުމުގެ ކުރިން ގޯލެއް ޖަހައި 1-0 ގެ ލީޑެއް ހޯދާފައެވެ.
މެޗުގެ ދެވަނަ ހާފު ފެށިގެން ދެ ޓީމުންވެސް ކުޅުން ވަރުގަދަކޮށް، ލަނޑެއް ޖެހުމަށް ގިނަ މަސައްކަތްތަކެއް ކުރިއެވެ. ސާރބަ ޓީމުން ނަތީޖާ ހަމަހަމަކުރުމަށް ކުރަމުންދިޔަ އުންމީދުތަކަށް ހުރަސްއެޅުނީ، މެޗު ނިމެން ގާތްވެފައި ވަނިކޮށް ސީނާ މާރޓުން ކާމިޔާބުކުރި ދެވަނަ ލަނޑާއެކުގައެވެ. މި ލަނޑާއެކު ސީނާ މާރޓުން ވަނީ މެޗުގެ ލީޑު ފުޅާކޮށްފައެވެ.މެޗުގެ ފުރިހަމަ ވަގުތު ހަމަވިއިރު 2-0 ގެ ނަތީޖާއަކުން ސީނާ މާރޓް މޮޅުވިއިރު، މިއީ އެ ޓީމަށް މުބާރާތުގައި ލިބުނު މުހިންމު ކާމިޔާބީއެކެވެ،

Leave a Reply