ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ކަރާ ހެއްދުމާއި އެކްސްޕޯޓް ކުރުމުގެ ވިޔަފާރި ފުޅާވަމުން އަންނައިރު، ކަރާ އުފެއްދުމުގައި އަރަބި ދުނިޔޭގެ އެއްވަނަގައެވެ . ފުޑް އެންޑް އެގްރިކަލްޗަރ އޮގަނައިޒޭޝަން (އެފްއޭއޯ) ގެ ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި 2024 ވަނަ އަހަރު ދުނިޔޭގެ ކަރާ އުފެއްދުން ވަނީ %0.5 އިތުރުވެ، 104.96 މިލިއަން ޓަނަށް އަރާފައެވެ.
މި ތަފާސްހިސާބުތައް ދައްކާގޮތުން، އެފްއޭއޯގެ ޑޭޓާބޭސްގައި ހިމެނޭ އަރަބި 20 ޤައުމެއްގެ އުފެއްދުންތެރިކަން 6.02 މިލިއަން ޓަނަށް އަރައެވެ. މިއީ މުޅި ދުނިޔޭގެ އުފެއްދުމުގެ %5.7 އެވެ. އަރަބި ދުނިޔެއާއި ކަރާއާ ދެމެދު އޮތީ ތާރީޚީ ވަރުގަދަ ގުޅުމެކެވެ. ރޯޔަލް ބޮޓާނިކް ގާޑަންސް ޖީނޮމިކްސްގެ އޮސްކާ އަލެޖެންޑްރޯ ޕެރޭޒް-އެސްކޯބާ އިސްވެ ހުންނަވައިގެން ހެއްދެވި ދިރާސާއަކުން ދައްކާ ގޮތުގައި، ލީބިޔާއިން ފެނުނު 6،000 އަހަރުވީ އޮށާއި ސޫދާނުން ފެނުނު 3،300 އަހަރުވީ އޮށްތަކުން އެނގޭ ގޮތުގައި މިއީ މި ސަރަޙައްދުގައި އެންމެ ދުވަސްވީ އެއް މޭވާއެވެ. އަދި ކަރާގެ އެންމެ ކުރީގެ ވަލު ވައްތަރު ގުޅެނީ ސޫދާނުގެ ކޮރްޑޯފާން ސަރަޙައްދާއެވެ.
ހޫނު މޫސުމުގައި ފަސޭހައިން ހެދޭ މި މޭވާއަކީ އަރަބި ސަރަޙައްދުގެ އޯއޭސިސްތަކާއި ފަޅު ބިންތަކުގައި ފުޅާދާއިރާއެއްގައި ހައްދާ އެއްޗެކެވެ. ކަރާ ހެއްދުމަށް ފުން، ލުއި އަދި ރަނގަޅަށް ފެންހިނދޭ ފަސްގަނޑު މުހިންމުވާއިރު، ހޫނުގަދަ އަދި ވާރޭ މަދު މި ސަރަޙައްދުތަކުގައި ވިޔަފާރި އުސޫލުން ކަރާ ހެއްދުމުގައި ފެންދިނުމާއި ފެން ބެލެހެއްޓުމުގެ ނިޒާމަކީ އެންމެ މުހިންމު އަސާސެވެ.
ސިއްޙީ ގޮތުން ބަލާއިރު، ކަރާއަކީ ގިނަ އަދަދަކަށް ފެނާއި ވިޓަމިން އޭ، ސީ، އަދި ޕޮޓޭސިއަމް އެކުލެވޭ ފައިދާހުރި މޭވާއެކެވެ. އަދި އޭގެ ރަތްކުލަ ގެނެސްދެނީ ‘ލައިކޯޕީން’ ކިޔާ އެންޓިއޮކްސިޑެންޓަކުންނެވެ. އެމެރިކާގެ އެގްރިކަލްޗަރ ޑިޕާޓްމަންޓްގެ ދިރާސާތަކުން ދައްކާ ގޮތުގައި، ކަރާގައި ހިމެނޭ ‘ސައިޓްރޫލިން’ ހަށިގަނޑުގައި ‘އާޖިނިން’ އަށް ބަދަލުވެ، ލޭހޮޅިތައް ފުޅާކޮށްދީ ލޭހިނގުން ރަނގަޅުކޮށްދެއެވެ. ނަމަވެސް މިއީ ސީދާ ލޭމައްޗަށްދިއުމުގެ ބޭހެއްގެ ބަދަލުގައި ބޭނުންކުރެވޭނެ އެއްޗެއް ނޫން ކަމަށް ދިރާސާތަކުން ބުނެއެވެ.
ކަރާ އުފައްދާ ދުނިޔޭގެ ގަދަ 10 ޤައުމު:
ދުނިޔޭގެ އުފެއްދުންތެރިކަމުގެ %60.5 އަށްވުރެ ބޮޑުބައި ޙިއްޞާކޮށް، އެއްވަނައިގައި އޮތީ ޗައިނާއެވެ. ގަދަ ދިހަ ޤައުމުން އެކަނިވެސް ދުނިޔޭގެ %79 އުފައްދައެވެ.
- ޗައިނާ (63.51 މިލިއަން ޓަން)
- އިންޑިއާ (3.72 މިލިއަން ޓަން)
- ތުރުކީ (3.2 މިލިއަން ޓަން)
- އަލްޖީރިއާ (2.52 މިލިއަން ޓަން)
- ބްރެޒިލް (1.98 މިލިއަން ޓަން)
- ރަޝިޔާ (1.94 މިލިއަން ޓަން)
- އުޒްބެކިސްތާން (1.73 މިލިއަން ޓަން)
- އެމެރިކާ (1.68 މިލިއަން ޓަން)
- ސެނެގާލް (1.36 މިލިއަން ޓަން)
- އީރާން (1.28 މިލިއަން ޓަން)
ކަރާ އުފައްދާ އަރަބި ގަދަ 10 ޤައުމު:
އަރަބި ދުނިޔޭގައި އެއްވަނަ އަލްޖީރިއާ ހޯދާފައިވާއިރު، އެ ޤައުމުގެ އުފެއްދުންތެރިކަން މިސްރު، ސައުދީ، ޓިއުނީޝިއާ އަދި މޮރޮކޯގެ ޖުމްލަ އުފެއްދުމަށްވުރެ އިތުރެވެ.
- އަލްޖީރިއާ (2.52 މިލިއަން ޓަން)
- ސައުދީ އަރަބިއްޔާ (608.5 ހާސް ޓަން)
- ޓިއުނީޝިއާ (504.1 ހާސް ޓަން)
- މޮރޮކޯ (339.5 ހާސް ޓަން)
- އިރާގު (285.9 ހާސް ޓަން)
- ލީބިޔާ (233،000 ޓަން)
- ސީރިއާ (207،700 ޓަން)
- ޔަމަން (177.4 ހާސް ޓަން)
- ސޫދާން (173.5 ހާސް ޓަން)
ކަރާ އުފައްދާ އަރަބި ގަދަ 10 ޤައުމު:
އަރަބި ދުނިޔޭގައި އެއްވަނަ އަލްޖީރިއާ ހޯދާފައިވާއިރު، އެ ޤައުމުގެ އުފެއްދުންތެރިކަން މިސްރު، ސައުދީ، ޓިއުނީޝިއާ އަދި މޮރޮކޯގެ ޖުމްލަ އުފެއްދުމަށްވުރެ އިތުރެވެ.
- އަލްޖީރިއާ (2.52 މިލިއަން ޓަން)
- މިސްރު (712.5 ހާސް ޓަން)
- ސައުދީ އަރަބިއްޔާ (608.5 ހާސް ޓަން)
- ޓިއުނީޝިއާ (504.1 ހާސް ޓަން)
- މޮރޮކޯ (339.5 ހާސް ޓަން)
- އިރާގު (285.9 ހާސް ޓަން)
- ލީބިޔާ (233،000 ޓަން)
- ސީރިއާ (207،700 ޓަން)
- ޔަމަން (177.4 ހާސް ޓަން)
- ސޫދާން (173.5 ހާސް ޓަން)
ކަރާ އެކްސްޕޯޓްކުރާ ގަދަ 10 ޤައުމު:
އދ. ގެ ތަފާސްހިސާބުތައް ދައްކާ ގޮތުން 2024 ވަނަ އަހަރު 104 ޤައުމަކުން ވަނީ 2.15 ބިލިއަން ޑޮލަރުގެ ކަރާ އެކްސްޕޯޓްކޮށްފައެވެ. ދުނިޔޭގެ މާކެޓްގެ %26.1 ހިއްސާއާއެކު އެކްސްޕޯޓްގެ އެއްވަނައިގައި އޮތީ ސްޕެއިންއެވެ. އަރަބި ޤައުމުތަކުގެ ތެރެއިން އެކްސްޕޯޓްގެ ގަދަ ދިހައެއްގައި ހިމެނެނީ މޮރޮކޯ އެކަންޏެވެ.
- ސްޕެއިން (561.6 މިލިއަން ޑޮލަރު)
- މެކްސިކޯ (292.1 މިލިއަން ޑޮލަރު)
- އިޓަލީ (181.6 މިލިއަން ޑޮލަރު)
- އެމެރިކާ (165.3 މިލިއަން ޑޮލަރު)
- ނެދަލެންޑްސް (135.1 މިލިއަން ޑޮލަރު)
- މޮރޮކޯ (94 މިލިއަން ޑޮލަރު)
- ގްރީސް (87.3 މިލިއަން ޑޮލަރު)
- ބްރެޒިލް (73.6 މިލިއަން ޑޮލަރު)
- ޗައިނާ (72.3 މިލިއަން ޑޮލަރު)
- ގުއަޓެމާލާ (56.4 މިލިއަން ޑޮލަރު)
މި ތަފާސްހިސާބުތަކުން އެނގޭ ގޮތުގައި ގިނައިން ކަރާ އުފައްދާ ބައެއް ޤައުމުތަކުގެ އުފެއްދުންތައް ޚަރަދުވަނީ ޤައުމުގެ އެތެރޭގެ ބޭނުންތަކަށެވެ. އެގޮތުން އެންމެ ގިނައިން އުފައްދާ ޗައިނާ އެކްސްޕޯޓް ލިސްޓުގެ 9 ވަނައިގައި އޮތްއިރު، އެކްސްޕޯޓް ލިސްޓުގެ ކުރި ހޯދަނީ ބައިނަލްއަޤްވާމީ ވިޔަފާރީގެ މައި މަރުކަޒުތަކެވެ.
Leave a Reply