ކަމާއެކު ބުންޏެވެ. “އާނއެކެވެ!”
އެ ރެއަކީ އަހަރެމެން ދެމީހުންގެ ލޯބީގެ ބާއްޖަވެރި ފެށުމެވެ. 2022 ވަނަ އަހަރުން ފެށިގެން އަހަރެން ދެކެމުން އައި ފޮނި ހުވަފެނުގައި ހަގީގީ ކުލަ ޖެހިގެން ދިޔަ ރެއެވެ.
އެ ހިސާބުން، އޭނާއަކީ މީގެ ދެ އަހަރު ކުރިންސުރެ އަހަރެންގެ “ކްރަޝް” (ހިތް އެދޭ ޚާއްޞަ ފަރާތް) ކަމަށާއި، މި ދުވަހަށް އަހަރެން އިންތިޒާރު ކުރަމުން އައި ކަމަށް އަހަރެން ބުނެލީމެވެ. އެ ވާހަކަ އަޑުއަހާފައި އޭނާ ހައިރާންވެފައި ބުންޏެވެ. “ދެން ކުރިން ނުބުނީ ކީއްވެ ހެއްޔެވެ؟ ތިޔައީ އަހަންނަށް ދުނިޔެ މަތިން ލިބުނު އެންމެ ބޮޑު ނަސީބެވެ. މިހާރު ވެސް ތި ލިބުނީ މާ ލަހުންނޭ ހިތަށް އަރައެވެ.”
އޭނާގެ އެ ޖުމްލަތަކުން އަހަރެންގެ ހިތް މައިތިރި ނުވެ، އުފަލުން ގޮސް ނަށަމުން ދިޔަ ކަހަލައެވެ.
މިއަދަކީ 14 އޯގަސްޓް 2026 އެވެ. އަހަރެމެންގެ މި ލޯބީގެ ގުޅުމަށް މިހާރު މިވަނީ އެއް އަހަރާއި ތިން މަސް ފުރިފައެވެ. އިރާދަކުރެއްވިއްޔާ މިއީ ދުވަހަކުވެސް ނިމުމެއް ނުވާނޭ ވަރުގަދަ ގުޅުމެކެވެ. ދެން ކުރެވޭ އެންމެ ބޮޑު އުއްމީދަކީ އަހަންނާއި އޭނާއާ ދެމެދު ކައިވެނީގެ މާތް ގޮށް ޖެހި، ޙަލާލު ގުޅުމަކުން ގުޅިގެންދާނެ އުފާވެރި ދުވަހަކަށެވެ.
“ނަފުރަތަކީ ލޯބީގެ ފެށުން” ކަމަށް މީހުން ބުނެއުޅޭ ބުނުމަކީ ހަމަ ތެދެއްކަން މިއަދު އަހަރެން ޤަބޫލުކުރަމެވެ. ފުރަތަމަ ފެންނައިރު ކިތަންމެ ފޫހިވާ މީހަކީ ވެސް، ފަހުން މުޅި ދިރިއުޅުމުގައި އެންމެ މުހިންމު މީހާއަށް ވެދާނެއެވެ.
މި ހިސާބުން އަހަރެންގެ މި ފޮނި ލޯބީގެ ވާހަކަ ނިންމައިލަމެވެ.
Leave a Reply