ޓޯއީ ….. ހިޕް ހޮޕް ދާއިރާގައި ފިޔަ ޖަހަމުން

ކިޔާލާ.ކޮމް

ދިވެހި މިއުޒިކީ ދުނިޔޭގައި، ޚާއްޞަކޮށް ހިޕްހޮޕް ދާއިރާގައި މިއަދު އެންމެ ވިދަމުން އަންނަ އެއް ތަރިއަކީ “ޓޯއީ” އެވެ. އޭނާގެ ތަފާތު އަޑާއި، ފަރިތަ ފްލޯ އަދި މާނަފުން ޅެންވެރިކަމުގެ ސަބަބުން ގިނަ ޒުވާނުންތަކެއްގެ ހިތްތަކުން އޭނާ ވަނީ ޖާގަ ހޯދާފައެވެ. ނަމަވެސް، މިއަދު ފެންނަ މި ކާމިޔާބީގެ ފަހަތުގައި ވަނީ ބުރަ މަސައްކަތާއި، ގިނަގުނަ ގޮންޖެހުންތަކުން ފުރިގެންވާ ދިގު ދަތުރެކެވެ.

ހިޕްހޮޕް މިއުޒިކަށް ޓޯއީގެ ހިތުގައި ޝައުޤުވެރިކަން އުފެދުނީ ކުޑައިރުއްސުރެއެވެ. އެހެންނަމަވެސް، ސިމްބޮލިކް ރެކޯޑްސް (އެސްއާރް) އާ އޭނާ ފުރަތަމަ ގުޅުނީ ލަވަކިޔުންތެރިއެއްގެ ގޮތުގައެއް ނޫނެވެ؛ ވީޑިއޯގްރާފަރެއްގެ ގޮތުގައެވެ. ވީޑިއޯގްރަފީގެ މަސައްކަތުގައި އުޅެމުން، ހިތުގައި އޮތް ލޯތްބެއްގެ ބޮޑުކަމުން ލަވަ ލިޔަން މަސައްކަތް ފެށިއެވެ. މި ދާއިރާއަށް ނުކުމެވުނީ ހަމައެކަނި މިކަން ކުރާހިތުން، އަމިއްލަ ޖޯޝާއި ފޯރީގައެވެ.

ކޮންމެ ކާމިޔާބު ދަތުރަކީވެސް ފަސޭހަ ދަތުރަކަށް ނުވާ ފަދައިން، ޓޯއީއަށްވެސް މި ހިސާބަށް އާދެވުނީ ވަރަށް ގިނަ ގޮންޖެހުންތަކާ ކުރިމަތިލުމަށްފަހުގައެވެ. މަސައްކަތް ފެށި ދުވަސްވަރު ހިތްވަރުދޭނެ މީހުންގެ އަދަދު ވަރަށް މަދެވެ. ނަމަވެސް މިއަދު އޭނާގެ އެންމެ ބޮޑު ހަކަތައަކީ އަދި ހިތްވަރަކީ ދެގޮތެއްނުވެ އޭނާއާއެކު ތިބި ވަފާތެރި ސަޕޯޓަރުންނާއި ފޭނުންނެވެ. ހަގީގީ ފޭނުންގެ ފަރާތުން ލިބޭ ލޯތްބާއި ހިތްވަރަކީ މި ދަތުރުގައި ކުރިއަށްދާން ލިބޭ އެންމެ ބޮޑު ބާރެވެ. ފާޑުކިޔައި، ދެރަވާ ފަދަ ބަސްތައް “ހޭޓަރުން” ގެ ފަރާތުން އަދިވެސް އަމާޒުވި ނަމަވެސް، މިހާރު ޓޯއީއަށް ލިބޭ ހިތްވަރާއި ސަޕޯޓު އެއަށްވުރެ މާ ގިނައެވެ.

ޓޯއީގެ މިއުޒިކީ ޙަޔާތުގެ އެންމެ ފާހަގަކޮށްލެވޭ އެއް ބާބަކީ “ރަތާ ކަޅާ” އެވެ. މިއީ ސިމްބޮލިކް ރެކޯޑްސްގެ އަސްލު ކުލަތަކާއި އެ ލޭބަލް ރަމްޒުކޮށްދިނުމަށް ކުރެވުނު މުހިންމު މަސައްކަތެކެވެ. މިއަދު ފެންނަ “ރަތާއި ކަޅުގެ ލަޝްކަރު” މި ނަމަކީވެސް އެ މަސައްކަތަށްފަހު ވުޖޫދުވެ، އޭނާގެ ހިޕްހޮޕް ދަތުރުގެ ވަރުގަދަ ބިންގަލަކަށް ވެގެންދިޔަ ނަމެކެވެ.

، ޓޯއީގެ މި ކާމިޔާބީއަކީ ހުވަފެންތަކުގައި ކުލަޖެއްސުމަށްޓަކައި ކެނޑިނޭޅި ކުރި ބުރަ މަސައްކަތުގެ ނަތީޖާއެވެ. ކެމެރާގެ ފުރަގަހުން ފެށި ދަތުރު، މިއަދު ސްޓޭޖުގެ އެންމެ ކުރީ ސަފަށް ވާސިލުވެފައިވާއިރު، ޓޯއީ ދަނީ ދިވެހި ހިޕްހޮޕް މިއުޒިކްގައި އައު ތާރީޚެއް ލިޔެ، ދިވެހި ފަންނުވެރިކަމުގެ އުދަރެހުގައި ފިޔަޖަހަމުންނެވެ.

Be the first to comment

Leave a Reply

Your email address will not be published.


*