ދިވެހިރާއްޖޭގެ މަގުބޫލު މިއުޒިކް ލޭބަލް ކަމަށްވާ ސިމްބޮލިކް ރެކޯޑްސް އިން މި މަހުގެ 5 ވަނަ ދުވަހު (5 ސެޕްޓެމްބަރު 2026) ނެރުނު އައު ލަވަ “ވާނަމަ އިރާދައިގާ ” އާންމުންގެ މެދުގައި ބޮޑު މަގުބޫލުކަމެއް ހޯދައި، ބޮޑު ހިޓަކަށް ވެއްޖެއެވެ.
މި ލަވައަކީ ލޯތްބާއި ހިތާމައިގެ ފުން އިހުސާސްތަކެއް އެކުލެވިގެންވާ ގޮތަށް ތައްޔާރުކޮށްފައިވާ ވަރަށް އަސަރުގަދަ ލަވައެކެވެ. “ވާނަމަ އިރާދައިގާ ” މި ލަވަ ކިޔާފައިވަނީ ރާއްޖޭގެ ފުންނާބުއުސް ފަންނާނުން ކަމަށްވާ ޓޯއީ، ޕީ.ވީ.އެން، ޑީ.ވީ އަދި ލައި އެވެ. މި ފަންނާނުންގެ ހުނަރުވެރި ހުށަހެޅުމާއެކު، ލަވައިގެ ޅެމާއި މިއުޒިކަށް ގިނަ ބައެއްގެ ތައުރީފު އަންނަނީ ލިބެމުންނެވެ.
މިހާރު މި ލަވަ ޔޫޓިއުބް (YouTube) އަދި ސައުންޑްކްލައުޑް (SoundCloud) މެދުވެރިކޮށް ކޮންމެ ތަނެއްގައި ހުރެގެންވެސް އަޑުއަހާލެވޭނެއެވެ. ލަވަ ރިލީޒްކުރި ކުރު މުއްދަތުގެ ތެރޭގައި މި ޕްލެޓްފޯމްތަކުން ގިނަ އަދަދެއްގެ ބަޔަކު ވަނީ މި ލަވަ އަޑުއަހާފައެވެ.
އާންމުކޮށް ސިމްބޮލިކް ރެކޯޑްސް އިން ނެރޭ ކޮންމެ ލަވައަކީވެސް ދިވެހި މުޖުތަމައާ ގުޅޭ، ދިރިއުޅުމުގެ އެކި ކަންކަމަށް އަލިއަޅުވާލައި ވަރަށް އަގުހުރި އިބުރަތްތަކެއް އެކުލެވިގެންވާ އުފެއްދުންތަކެކެވެ. އެގޮތުން “ވާނަމަ އިރާދާގައި” މި ލަވައަކީވެސް މުޖުތަމައުގެ ގިނަ ބައެއްގެ ހިތްތަކާ ގުޅި، ފުން މާނަތަކެއް ދަސްކޮށްދޭ ފުރިހަމަ އުފެއްދުމެއްގެ ގޮތުގައި ފާހަގަކުރެވެއެވެ.
ޔޫޓިޔުބް : https://www.youtube.com/watch?v=hCdRpjs23UE&list=RDMMhCdRpjs23UE&start_radio=1
ސައުންޑް ކުލައުޑް ލިންކް :https://soundcloud.com/symbolicrecordsmv/waanamairaadhaiga

Leave a Reply