ޔޫރަޕިއަން ނޭޝަންސް ލީގުގެ ފުރަތަމަ ބުރުގައި ބުރާސްފަތި ދުވަހު ޑެންމާކް އަތުން 3-2 އިން ނޯވޭ މޮޅުވި ދެ ގޯލުން ބްރެޒިލްގެ ރޮނާލްޑޯ އާއި ސްވިޑެންގެ ޒްލަޓަން އިބްރަހިމޮވިޗް ފަހަތަށް ޖައްސާލުމަށްފަހު ނޯވޭގެ އެރްލިން ހާލަންޑް ވަނީ ބައިނަލްއަގުވާމީ އެންމެ ގިނަ ގޯލް ޖެހި ކުޅުންތެރިންގެ ލިސްޓުގައި ހަލުވިކަމާއެކު ކުރިއަރާފައެވެ.
މެޗު ރިޕޯޓްތަކުގައި ރިޕޯޓްކޮށްފައިވާ ޑޭޓާތަކުން ދައްކާ ގޮތުގައި ނޯވޭގެ ގައުމީ ޓީމާއެކު ހާލަންޑް ވަނީ ބައިނަލްއަގުވާމީ ގޯލް 64 އަށް އިތުރުކޮށް، ކޮންމެ ކުޅުންތެރިއަކު 62 ގޯލާއެކު ބައިނަލްއަގުވާމީ ކެރިއަރު ނިންމާލި ބްރެޒިލްގެ ރޮނާލްޑޯ އާއި ޒްލަޓަން ފަހަނައަޅައި ގޮސްފަ އެވެ.
ހާލަންޑްގެ ފުރަތަމަ ލަނޑު މެޗުގެ 18 ވަނަ މިނެޓުގައި ކާމިޔާބުކޮށްދިނީ، މީގެ ހަތަރު މިނެޓް ކުރިން އޮސްކާ ޕޮޕް ނޯވޭއަށް ލީޑު ހޯދައިދިނުމަށްފަހު، މެޗުގެ 25 ވަނަ މިނެޓްގައި މިކެލް ޑަމްސްގާޑް މެދުވެރިކޮށް ޑެންމާކުން ނަތީޖާ ކުޑަކުރިއެވެ. އެއަށްފަހު މެޗުގެ 60 ވަނަ މިނެޓްގައި ޑެންމާކުގެ ޓީމަށް ނަތީޖާ ހަމަހަމަކޮށްދިނީ ރަސްމޫސް ހްޖޮލަންޑް ކަމަށާއި، އޭގެ ފަހުން މެޗުގެ 74 ވަނަ މިނެޓްގައި ހާލަންޑުން ވަނީ އޭނާގެ ދެވަނަ ގޯލުން މޮޅު ކަށަވަރުކޮށްދީފައެވެ.
މިގޮތުން މެންޗެސްޓާ ސިޓީގެ ފޯވާޑް ނޯވޭގެ ގައުމީ ޓީމާއެކު ރެކޯޑް އަދަދުތައް އިތުރުކުރަމުން ގެންދިއުމަށްޓަކައި މެޗަކަށް އެވްރެޖްކޮށް އެއް ގޯލަށް ވުރެ ގިނަ ލަނޑު ޖަހައިގެން 64 ބައިނަލްއަގްވާމީ ގޯލް ޖެހުމަށް ބޭނުންވީ އެންމެ 56 މެޗެވެ.
ހާލަންޑްގެ ސްޕީޑް އިތުރަށް ފެންނަނީ ސްވިޑެންއަށް ކުޅުނު 122 މެޗުގައި 62 ގޯލް ކާމިޔާބުކުރި ޒްލަޓަން އިބްރަހިމޮވިޗްގެ ބައިނަލްއަގްވާމީ ކެރިއަރާއި އަޅާބަލާއިރު އެވެ. ޔުއެފާއިން ޔޫރަޕްގެ އެންމެ ގިނަ ގޯލް ޖެހި ކުޅުންތެރިންގެ ތެރޭގައި އިބްރަހިމޮވިޗް ހިމެނުނުއިރު، ޑެންމާކާ ދެކޮޅަށް ކުޅުނު މެޗުގައި ހާލަންޑް ވަނީ އޭނާ ފަހަތަށް ޖައްސާލާފައެވެ.
Leave a Reply