ދިވެހި ޓިކްޓޮކްގެ ވެށިން މިހާރު ފެންނަ އެންމެ މަޤްބޫލު އަދި އެހާމެ ތަފާތު އެއް ޝަޚުޞިއްޔަތަކީ “ޑެއިލީ ޑޯޒް އެމްވީ” ނުވަތަ ގިނަ ބަޔަކު ދަންނަ ގޮތުގައި “ޗައްޕި” އެވެ. އޭނާގެ މަޖާ މިޒާޖާއި، ތަފާތު ވާހަކަދެއްކުމުގެ ވައްޓަފާޅީގެ ސަބަބުން ގިނަ ބައެއްގެ ސަމާލުކަން ވަނީ ހޯދާފައެވެ. ޓިކްޓޮކްގެ ދުނިޔެއާ ބެހޭ ގޮތުން ޑެއިލީ ޑޯޒް ވަނީ އަޅުގަނޑުމެންނާ ވަރަށް ޚާއްޞަ އަދި މަޖާ އިންޓަވިއުއެއް ހިއްސާކޮށްފައެވެ. މި އިންޓަވިއުގައި އޭނާގެ ފޭނުންނަށް ކުރިން ނޭނގޭ ބައެއް ކަންކަން ހާމަކުރުމުގެ އިތުރުން، މި ދާއިރާއަށް އަލަށް ވަންނަ ޒުވާނުންނަށް އަގުހުރި ނަސޭހަތްތަކެއް ވެސް ދީފައިވެއެވެ.
ޓިކްޓޮކް ނަމަކަށް ‘ޑެއިލީ ޑޯޒް އެމްވީ’ ކީ ކީއްވެގެންތޯ؟”
ޑެއިލީ ޑޯޒް: “އެއީ ކުރިން އަޅުގަނޑު ހިންގި ކެފޭގެ ނަން. އެ މަސައްކަތް ހުއްޓާލަން ޖެހުނީ، އެކަމަކު އިރާދަކުރެއްވިއްޔާ ވަރަށް އަވަހަށް އަލުން ފަށާނަން.”
ސުވާލު 2 ތިބޭފުޅާ ދެކެ މިހުން އެހާ ލޯބިވަނީ ކީއްވެގެންތޯ؟”
ޑެއިލީ ޑޯޒް: “އަޅުގަނޑު އެއްވެސް ކަމެއް ނުކުރާތީ.” 😂
ރިޕޯޓަރު: އެހެންވީމަ ތިޔަ މަގްބޫލްކަމުގެ ސިއްރަކީ އެއްވެސް ކަމެެއް ނުކުރުން އެހެންނޫންތޯ😂
ޑެއިލީ ޑޯޒް: ލައްބަ .😂
ސުވާލު 3: “ދިވެހި ޓިކްޓޮކްގައި މިހާ ގިނަ ޑްރާމާތައް ހިނގާއިރު، ތިބޭފުޅާގެ ލައިވް އަބަދުވެސް މިހާ ސުލްހަވެރިކޮށް އޮންނަނީ ކީއްވެގެންތޯ؟”
ޑެއިލީ ޑޯޒް: “އަޅުގަނޑު ބޭނުމެއް ނޫން ސްޓްރެސްވާކަށް. އަޅުގަނޑު ބޭނުމީ އެންމެންވެސް އުފާކޮށްލަން.”
ސުވާލު 4: “މިހާރަކަށް އައިސް ތިޔަބޭފުޅާގެ ދުލުން އެންމެ ގިނައިން ލައިވްގައި އިވޭ ބަހަކީ ‘އަނެކެތިވުން’ ކަމަށް ވަރަށް ފާހަގަކޮށްލެވޭ. އެހެންވީމާ އަސްލު ‘އަނެކެތިވުން’ މީގެ މާނައަކީ ކޮބައިތޯ؟”
ޑެއިލީ ޑޯޒް: “އެހެކަލަހެން ވުން.” 😂
ރިޕޯޓަރު: “ތީކީ އަދިވެސް ސީދާ ޖަވާބެއް ނޫން!” 😂
ސުވާލު 5: “ޓިކްޓޮކްގައި މިހާރު ކުރިއަރަމުން އަންނަ ޒުވާނުންނަށް ދޭން އޮތީ ކޮން ނަސޭހަތެއްތޯ؟”
ޑެއިލީ ޑޯޒް: “އަބަދުވެސް އަމިއްލަ ގޮތުގައި، އަސްލު މިޒާޖުގައި ހުންނާށޭ ބުނާނީ. އެހެން މީހުންނާ އަޅާނުކިޔައި، ތިމާ ކުރާ ކަމަކުން އެހެން މީހުންނަށް އުފާވެރިކަން ގެނެސްދެވޭތޯ ބަލާށެވެ. އަދި އެންމެ މުހިންމު ކަމަކީ ނޭދެވޭ ޑްރާމާތަކާ ދުރުވެ، ހެޔޮ ގޮތުގައި ވަގުތުގެ ބޭނުން ހިފުމެވެ.”
މި އިންޓަވިއު އަކީ ކިޔާލާ.ކޮމް ގެ ފަރާތުން އައިޝަތު ލުއުލުއާ ކޮއްފައިވާ އިންޓަވިއުއެކެވެ.

Leave a Reply