މަޤްބޫލު ޓިކްޓޮކް ހޯސްޓް ފަޔާއާއެކު ވަގުތުކޮޅެއް: “ކެރިގެން ވާނީ، ލަދަކާ ހުރެ ތަދެއް ނުފިލާނެ”

ދިވެހި ޓިކްޓޮކް މުޖުތަމަޢުގައި އެންމެ ފާހަގަކޮށްލެވޭ އަދި ގިނަ ބައެއްގެ މަޤްބޫލުކަން ހޯދާފައިވާ އެއް ހޯސްޓަކީ ފަޔާ އެވެ. ހުށަހެޅުންތެރިކަމުގެ އިތުރުން، އޭނާއަކީ ވޯޓާ ސްޕޯޓްސްގެ ދާއިރާއަށް ވެސް ޚާއްޞަ ލޯތްބެއް އޮންނަ، އެ ދާއިރާއިން ވެސް ފާހަގަކޮށްލެވޭ ހުނަރުވެރި ފަރާތެކެވެ. މީސްމީޑިއާގެ ޒަރީއާއިން އެތައް ބައެއްގެ މޫނުމައްޗަށް ހިނިތުންވުން ގެނެސްދެމުން އަންނަ ފަޔާއާއެކު މި ގެނެސްދެނީ ވަރަށް ޚާއްޞަ އިންޓަވިއުއެކެވެ. މި އިންޓަވިއުގައި ފަޔާ މިވަނީ އޭނާގެ މި ދަތުރާއި، އެންމެ ގަޔާވާ ކަންކަމާއި، އޭނާ ބަލައިގަންނަ ފަރާތްތަކުގެ އިތުރުން ޒުވާނުންނަށް ވަރަށް މުހިންމު މެސެޖެއް ވެސް ޙިއްޞާކޮށްފައެވެ.

ތިރީގައި މިވަނީ މި އިންޓަވިއުގެ ޚާއްޞަ ބައިތަކެވެ.

ސުވާލު: ޓިކްޓޮކް ކޮމިއުނިޓީގައި އުޅޭތާ މިހާރު ކިހާ ދުވަހެއް ވެއްޖެ؟
ފަޔާ: “5 އަހަރު.”

ސުވާލު: ވޯޓާ ސްޕޯޓްސްގެ ދާއިރާއިން ވެސް ފަޔާ ވަރަށް ފާހަގަކޮށްލެވޭ. ފަޔާގެ އެންމެ ފެވަރިޓް ވޯޓާ ސްޕޯޓްސް ހަރަކާތަކީ ކޮބާ؟
ފަޔާ: “ކައިޓް ސާރފިންގ.”

ސުވާލު: ފަޔާއަށް ދިވެހި ޓިކްޓޮކް ކޮމިއުނިޓީން އެންމެ މަޤްބޫލު 3 ހޯސްޓެއް ނަގަން ޖެހިއްޖެ ނަމަ، ނަގާނީ ކޮން 3 ހޯސްޓެއް؟
ފަޔާ: “ފަޔާ، ފަޔާ، ފަޔާ.” (ހިނިތުންވުމަކާއެކު، އަމިއްލަ ނަފްސަށް އޮތް އިތުބާރު ހާމަކުރަމުން)

ސުވާލު: މިލިއަން ވިއުސް އަށް ވިޔަސް، ދުވަހަކުވެސް ޓިކްޓޮކްގައި ފަޔާ ނުކުރާނެ ކަމަކީ ކޮބާ؟
ފަޔާ: “މީހުންނާ ތަޅާހިފާ ނުހަދާނަން.”
ސުވާލު: މިހާރު ދިވެހި ޓިކްޓޮކް ކޮމިއުނިޓީގައި ހިނގަމުންދާ ނޭދެވޭ ކަންކަމާ މެދު، އަދި އެކަންކަން ރަނގަޅު ކުރުމަށް ޢާންމުންނަށް ފަޔާ ދޭން ބޭނުންވާ މެސެޖަކީ ކޮބާ؟
ފަޔާ: “މި ނޫނަސް ދުވަހެއް އެބައޮތްކަން [ހަނދާން ބެހެއްޓުން].”

ސުވާލު: ޓިކްޓޮކަށް ނިކުންނަން ބޭނުންވެފައި ނަމަވެސް ނުކެރިފައި ތިބި ކުދިންނަށް ފަޔާ ބުނެލާނީ ކީކޭ؟
ފަޔާ “ކެރިގެން ވާނީ ލަދަކާ ހުރެ ތަދެއް ނުފިލާނެ.”

ފަޔާ ގެ މި ވާހަކަތަކުން އެނގިގެންދަނީ އޭނާގެ މަސައްކަތަށް އޮތް ޔަޤީންކަމާއި، މީހުންނާ މައްސަލަ ނުޖެހި އަމިއްލަ މަސައްކަތައިގެން ކުރިއަށް ދިއުމަށް ދޭ އަހައްމިއްޔަތުކަމެވެ. އަދި ޒުވާނުން ޖެހިލުންނުވެ، ހިތްވަރާއެކު އަމިއްލަ ހުނަރު ދައްކާލުމަށް އޭނާ ދިން ނަޞޭޙަތަކީ ކޮންމެ މީހަކަށްވެސް ލިބިގެންދާނެ ބޮޑު ހިތްވަރެކެވެ.

Be the first to comment

Leave a Reply

Your email address will not be published.


*