އިންޑިއާގެ އާ ބަޖެޓުގައި ދިވެހިރާއްޖެއަށް ދޭ އެހީގެ މިންވަރު ކުޑަކޮށްފި!

President Dr. Mohamed Muizzu (R) meets with Indian Prime Minister Narendra Modi (L) on June 10, 2024. (Photo/President's Office)

އިންޑިއާއިން ‘އަވަށްޓެރިންނަށް އިސްކަންދޭ’ ސިޔާސަތުގެ ދަށުން 25-2024 ވަނަ އަހަރުގެ ބަޖެޓުގައި ތަރައްޤީގެ އެހީގެ އެންމެ ބޮޑު ބައެއް ބޫޓާނަށް ކަނޑައަޅާފައިވާއިރު، ދިވެހިރާއްޖެއަށް ކަނޑައަޅާފައިވާ މިންވަރު ވަރަށް ބޮޑަށް ދަށްވެފައިވެއެވެ.

އިންޑިއާ ސަރުކާރުން ބޫޓާނަށް ތަރައްޤީގެ އެހީގެ ގޮތުގައި 20.7 ބިލިއަން އިންޑިއަން ރުފިޔާ (247 މިލިއަން އެމެރިކާ ޑޮލަރު) ކަނޑައަޅާފައިވާއިރު، ދިވެހިރާއްޖެއަށް ކަނޑައަޅާފައިވާ މިންވަރު 7 ބިލިއަން އިންޑިއަން ރުފިޔާ (83.6 މިލިއަން އެމެރިކާ ޑޮލަރު) އިން 4 ބިލިއަން އިންޑިއަން ރުފިޔާ (47.8 މިލިއަން އެމެރިކާ ޑޮލަރު) އަށް ދަށްވެފައިވެއެވެ.

އިންޑިއާގެ މީޑިއާތަކުން ރިޕޯޓުކުރާ ގޮތުގައި ދިވެހިރާއްޖެއަށް މި ކުޑަކުރުން އައިސްފައިވަނީ ޗައިނާއަށް ބުރަވާކަމަށް ތުހުމަތުކުރެވޭ ޑރ. މުޙައްމަދު މުޢިއްޒު 2023 ވަނަ އަހަރުގެ ނޮވެމްބަރު މަހު ދިވެހިރާއްޖޭގެ ރައީސްކަމަށް އައުމާ ގުޅިގެން އިންޑިއާއާއި ދިވެހިރާއްޖެއާ ދެމެދު ގުޅުން ގޯސްވުމާ ގުޅިގެންނެވެ. ނަމަވެސް ފަހަކަށްއައިސް ގުޅުން ރަނގަޅުވަމުން އަންނަކަން ފާހަގަކުރެވެއެވެ. އެގޮތުން ރައީސް މުޢިއްޒު އިންޑިއާގެ ބޮޑުވަޒީރު ނަރެންދްރަ މޯދީގެ ހުވާކުރުމުގެ ރަސްމިއްޔާތުގައި ބައިވެރިވެވަޑައިގެންނެވިއެވެ.

ރައީސް މުޢިއްޒުގެ ސަރުކާރުން އިޤްތިޞާދީ ގޮތުން އެންމެ ގާތް އެކުވެރިޔާއާ އެކު ގުޅުން އަލުން ރަނގަޅުކުރުމަށް އާ ހިތްވަރަކާއެކު މަސައްކަތްކުރަން ފެށިއެވެ. މިއީ ދެ ޤައުމުގެ ގުޅުން ގޯސްވުމުގެ ސަބަބުން ރާއްޖޭގެ އިޤްތިޞާދަށް ނޭދެވޭ އަސަރުކުރަން ފެށުމާ ގުޅިގެންނެވެ.

މުއިއްޒުގެ އިތުރުން ފޮރިން މިނިސްޓަރު މޫސާ ޒަމީރު ވެސް ވަނީ ދެ ގައުމުގެ ގުޅުން ބަދަހި ކުރުމަށް އިންޑިއާއަށް ވަޑައިގެންފަ އެވެ.

ދެ ގައުމުގެ މެދުގައި ނުތަނަވަސްކަން އުފެދުނީ ދިވެހި ސަރުކާރުގެ ތިން އޮފިޝަލަކު ސޯޝަލް މީޑިއާގައި ބޮޑުވަޒީރު މޯދީއަށް ފުރައްސާރަ ކުރުމުންނެވެ. އެ ހާދިސާއަށްފަހު މި ތިން ވަޒީރުން ވެސް އަދިވެސް ތިއްބެވީ ސަސްޕެންޝަންގަ އެވެ.

Be the first to comment

Leave a Reply

Your email address will not be published.


*