މަތީ ތައުލީމުދޭ މަރުކަޒުތަކުން އިސްތިހާރު ކުރާ ކޯސްތަކުގައި ބައިވެރި ކުރުމުގެ ކުރީން އެކޯހަކީ މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ހުއްދަ ދީފައިވާ ކޯހެއްތޯ ކަށަވަރު ކުރުމަށް ދިވެހި ދަރިވަރުންނަށް އެއޮތޯރިޓީން އިލްތިމާސް ކޮށްފިއެވެ. މިކަމަށް އިލްތިމާސްކޮށް އެތޯރިޓީން މިއަދު ކުރައްވާފައިވާ ޢާއްމު ޢިއުލާންގައި ވިދާޅުވަފައި ވަނީ، މަތީ ތައުލީމް ދޭ މަރުކަޒު ތަކުން ދަނީ އެމަރުކަޒުތަކުގައި ހިންގުމަށް ބޭނުންވާ ގިނަ ޕްރޮގްރާމްތަކެއް އެކި އެކި ސޯސަލް މީޑިއާތަކުގައި އިޝްތިހާރު ކުރަމުން ދާ ކަމަށެވެ. ނަމަވެސް އެފަދަ ޕްރޮގްރާމެއް އެއްވެސް ދަރިވަރަކު ބައިވެރި ވުމުގެ ކުރީން އެޕްރޮގްރާމް އާއި ބެހޭ މަޢުލޫމާތު އެމް ކިއު އޭ އިން ހޯދުމަށް އިލްތިމާސް ކޮށްފައި ވެއެވެ. އެއޮތޯރިޓީން ހުއްދަ ދީފައިވާ ލިސްޓާއި އަދި މަޢުލޫމާތު އެމް ކިއު އޭގެ ވެބްސައިޓުން ލިބޭނެ ކަމަށް އެއިޢުލާންގައި ވިދާޅުވެފައި ވެއެވެ.
Leave a Reply