ވޭތެވެ ދިޔަ ހަފްތާގައި ރާއްޖެއަށް ކުރަން ފެށި ވިއްސާރަ އަދިވެސް އަލިވެފައި ނުވާ ކަމަށް މޫސުމާ ބެހޭ އިދާރާއިން ލަފާ ކޮށްފައި ވެއެވެ. ރާއްޖޭގެ އެކިހިސާބުތަކަށް ވިއްސާރަ ކުރާނެ އަދި ބައެއް ރައްތަކަށް ގުގުރުމާއި އެކު ބޯކޮށް ވާރެ ވެހޭނެ ކަމަށް ލަފާކޮށްފައި ވާއިރު މިރޭ އެންމެ އުތުރު ތިން އަތޮޅަށް ރީނދޫ އެލާރޓް ނެރެފައި ވެއެވެ. ވިލާގަނޑުގައި 45މޭލަށް ވައިގަދަ ވާނެކަމަށް ލަފާކޮށްފައި ވެއެވެ. ކަނޑުތައް ގަދަވާނެ ކަމަށްވެސް ލަފާ ކޮށްފައި ވެއެވެ.
މާލެ ދަތުރު ކުރާ އޮޑި ފަހަރު ވިއްސާރަ ވުމުގެ ސަބަބުން މާލޭ ފަޅުގައި މާލެ ފަޅުގައި ނުފުރި ހުރިކަން ފާހަގަ ކުރެވެއެވެ. ބައެއް އޮޑިފަހަރު މުދާ ބަރުކޮށް ފުރަން ތައްޔާރު ވެފައި ވެއެވެ. އެފަދަ އޮޑިފަހަރުގައި މަސައްކަތް ކުރާ ފަރާތްތަކުން “ކިޔާލާ” ނޫހަށް މައުލޫމާތު ދެމުން ބުނެފައި ވަނީ މޫސުން ރަގަޅު ނުވާތީ އަދި ފުރާނެ ވަކި ދުވަހެއް ކަނޑަ އަޅަން ދަތި ކަމަށެވެ.” ބޯޓު އޮތީ ބަރުވެފައި، ވީއްސާރަ ވީމާ ފުރާނެ ދުވަހެއް އަދި ނޭނގޭ ” މާލެ ފަޅުގައި އޮތް ބޯޓަކުން މައުލޫމާތު ދިން މީހަކު ބުންޏެވެ.
އަތޮޅު ތެރޭގެ ރަށްރަށަށް ބޭނުންވާ މުދާ ގެންދަނީ މާލެ ދަތުރު ކުރާ އޮޑިފަހަރު ތަކުންނެވެ. ޢާއްމު ގޮތެއްގައި ކޮންމެ ބޯޓެއްވެސް މަހަކު ދޭއް ނުވަތަ ތިން ދަތުރު މާލެއަށް ކުރާކަން ފާހަގަ ކުރެވެއެވެ. މާލެ ފަޅަށް އަންނަ އޮޑިފަހަރު ފީއެއް ނެގުމަށް ވަރަށް ފަހުން މާލެ ސިޓީ ކައުންސިލުން މަޝްވަރާ ކޮށްފައި ވެއެވެ.
Leave a Reply