ދައްކަންވީ އެކި ފެންވަރުގެ ބޭހުގެ ވާހަކައެއް ނޫނެވެ. މިންހެޔޮ ކާނާއާއި ދުޅަހެޔޮ އާދަތަކުގެ ވާހަކައެވެ.

ކޮންމެ ދުވަހަކު ވެސް ދުވެ، ކަސްރަތުކޮށްލުމަކީ އާދައަކަށް ހަދަން ޖެހޭ

އަރުޝިދު

ދިވެހި ރާއްޖެ އަކީ  މިސަރަހައްދުގެ އެހެން ޤައުމުތަކަށްވުރެ ހަށިގަނޑު ބުރަހެލި މީހުންގެ އަދަދު ކަންބޮޑުވާންޖެހޭ މިންވަރަށް ގިނަ ޤައުމެކެވެ. އާބާދީގެ ބޮޑުބައެއް ގައިންގަޔަށް ނާރާ އެކިއެކި ބަލިތަކަށް ވަނީ ހުށަހެޅިފައެވެ. މިފަދަ ބަލިތަކަށް ހުށަހެޅުމަށް މަގުފަހިވާ ނުރަނގަޅު އާދަތައް ދުނިޔޭގެ ނިސްބަތުންވެސް މިދިވެހިރާއްޖޭގައި  ގިނައެވެ. ދޮށީ އުމުރުފުރައިގެ އާބަދީގެ ގިނަބައެއްގެ ކާނާއަކީ ބޭހެވެ. މަރުވާ މީހުންގެ 82 އިންސައްތައަކީ ގައިންގަތަޔަށް ނަރާ ބަލިތަކުގެ ސަބަބުން ނިމިދާ މީހުންނެވެ. މިއީ 2022 ވަނަ އަހަރު ދުނިޔޭގެ ސިއްހަތު ޖަމްެއިއްޔާއިން އާންމުކުރި ތަފާސްހިސާބުތަކުގެކުޑަ މިންވަރެކެވެ.

ހިތުގެ ބަލިތަކާއި ކެންސަރާއި ހަކުރުބައްޔާއި މިނޫންވެސް ގައިންގަޔަށްނާރާ ބަލިތަކަކީ ކެއިންބުއިމާއި ދިރިއުޅުމުގެ އާދަތަކާއި ސީދާ ގުޅުން ހުރި ބަލިތައްކަމަށާއި، އެކަންކަން ހަމަމަގަށް އަޅުވައިގެން ސަލާމަތްވެވޭނެ ބަލިތައްކަމަށް ހަކީމުންގެ އިރުޝާދުތަކުން އެނގެއެވެ. އަބަދާއި އަބަދު އެވާހަކަ ދެކެވޭ އަޑުއިވެއެވެ.

ބޭހަށް ބޮޑެތި ހަރަދުތައްކޮށް، ގިނަބަޔަކަށް ބޭސްކާން ދިނުމަކީ ކާމިޔާބީއެއް ނޫނެވެ. މޮޅުކަމެއް ނޫނެވެ. ކޮށްދެވޭ ހެޔޮކަމެއްވެސް ނުމެނޫންމެއެވެ. ސަރުކާރުތަކުން ބޮޑުހަރަދު ކުރަންވީ ސިއްހަތު ރަނގަޅު، ހަށިހެޔޮ       އަބާދީއެއް އުފެއްދުމަށެވެ. ރަނގަޅު ކާނާ ހެޔޮ އަގުގައި ފޯރުކޮށްދިނުމަށެވެ. މަސައްކަތް ކުރަންވީ ހެލިފެލިވެ އުޅުމާއި ކަސްރަތުކުރުމުގެ އާދަ އަށަގެންނެވުމަށެވެ. ދުވަސްވީ މީހުންވެސް ކުރެވޭވަރުގެ، ކުރާހިތްވާކަހަލަ މަސައްކަތްތައް ކުރުވައި ހެލިފެލިވެ އުޅުމަށް ބާރުއެޅުވުމަަށެވެ.

ސިއްހީ ނިޒާމުގެ މައިބަދައަކަށް ވާންޖެހޭނީ އިބްތިދާއި ސިއްހީ ފަރުވާއެވެ. ބަލިވުމުގެ ކުރިން ބަލިން ރައްކާތެރިކުރުމަށް ކުރަންޖެހޭ ކަންކަން ކުރުމެވެ. ބަލިވުމުން ހަމައެކަނި ބޭސްކުރުމަށް ހުރިހައި ހަކަތައެއް ހޭދަކުރުމަކީ ސިއްހީ ނިޒާމުގެ ބަލިކަށިކަމެވެ. މިކަންކަމުގެ ވާހަކަ ދެކެވުނު ނަމަވެސް އެކަށިގެންވާ އަހަންމިއްޔަތުކަމެއް ދެވޭތަނެއް ނުފެނެއެވެ. ނަތީޖާއަކީ ބޭހަށް ކުރަންޖެހޭ ހަރަދު އިޤްތިސާދީ ބުރައަކަށްވެސް މިއަދު ވެފައިވުމެވެ

 

Be the first to comment

Leave a Reply

Your email address will not be published.


*