ދިވެހި އަދަބިއްޔާތަށާއި ވާހަކަ ލިޔުމަށް ޝައުޤުވެރިވާ ފަރާތްތަކަށާއި، ވާހަކަ ކިޔުމަށް ލޯބިކުރާ ފަރާތްތަކަށް ޚާއްޞަކޮށްގެން ފަހި ފުރުސަތުތަކަކާއެކު “ދިވެހިވާހަކަ.ކޮމް” (Dhivehivaahaka.com) ވެބްސައިޓް ތަޢާރަފުކޮށްފިއެވެ. މިއީ ދިވެހި ވާހަކަތަކަށް ޚާއްޞަކުރެވިގެން ހުރިހާ ވާހަކައެއް އެއްތަނަކުން ވިދާޅުވެވޭނެ ގޮތަށް ފަރުމާކުރެވިފައިވާ ޑިޖިޓަލް ޕްލެޓްފޯމެކެވެ.
މި ވެބްސައިޓް މެދުވެރިކޮށް ކޮންމެ ބޭފުޅަކަށް ވެސް އަމިއްލަ ވާހަކަތައް ލިޔެ، ޝާއިޢުކުރުމުގެ ފުރުސަތު މިހާރު ވަނީ ހުޅުވާލެވިފައެވެ. އައު ލިޔުންތެރިންނަށާއި ތަޖުރިބާކާރު ލިޔުންތެރިންނަށް އެ ފަރާތްތަކުގެ ހުނަރު ދައްކާލުމަށް މިއީ ލިބިގެންދިޔަ ރަނުގެ ފުރުސަތެކެވެ. މީގެ އިތުރުން، ލިޔުންތެރިން ލިޔާ ވާހަކަތަކުން އާމްދަނީއެއް (ރުފިޔާ) ލިބޭނެ މަގުވެސް ދިވެހިވާހަކަ.ކޮމް އިން ވަނީ ފަހިކޮށްދީފައެވެ. މިއީ ލިޔުންތެރިންގެ އަގުވަޒަންކޮށް، އެ ފަރާތްތަކަށް ހިތްވަރު ދިނުމުގެ ގޮތުން އެޅުނު މުހިންމު ފިޔަވަޅެކެވެ.
ދިވެހިވާހަކަ.ކޮމް އަދި ވާހަކަ.ކޮމް އިން ތަފާތު އެކި ރަހަތަކުގެ ވާހަކަތައް ކިޔުންތެރިންނާ ހަމައަށް ގެނެސްދެއެވެ. އޭގެ ތެރޭގައި ލޯބީގެ ވާހަކަތަކާއި، ހިތާމަވެރި އަސަރުގަދަ ވާހަކަތަކުގެ އިތުރުން، ބިރުވެރި އަދި އިޖުތިމާޢީ އެކި ދާއިރާތަކުގެ ވާހަކަތައް ހިމެނެއެވެ.
ހަމައެއާއެކު، ވާހަކަ ކިޔުމުގެ ބަދަލުގައި އަޑުއަހާލަން ބޭނުންވާ ފަރާތްތަކަށް ވެސް މި ވެބްސައިޓުން ވަނީ އެ ފުރުސަތު ތަނަވަސްކޮށްދީފައެވެ. އެގޮތުން އޯޑިއޯ ވާހަކަތައް އަޑުއަހާލުމުގެ ޚިދުމަތް ވެސް މިހާރު މި ޕްލެޓްފޯމް މެދުވެރިކޮށް ލިބެން ހުންނާނެއެވެ.
ދިވެހި ބަހާއި އަދަބިއްޔާތު ކުރިއެރުވުމަށާއި، ޒަމާނީ ޓެކްނޮލޮޖީގެ އެހީގައި ދިވެހި ވާހަކަތައް އެއް ފުރާޅެއްގެ ދަށުން ގެނެސްދިނުމަށް އަމާޒުހިފާފައިވާ މި ވެބްސައިޓަކީ، ލިޔުންތެރިންނާއި ކިޔުންތެރިންގެ މެދުގައި ބޮޑު މަޤްބޫލުކަމެއް ހޯދަމުން އަންނަ ޕްލެޓްފޯމެކެވެ. ވީމާ، ވާހަކަ ލިޔަން ނުވަތަ ކިޔަން އަދި އަޑުއަހަން ބޭނުންވާ ހުރިހާ ފަރާތްތަކަށް މި ފުރުސަތުގެ ބޭނުން ހިފުމަށް ދަޢުވަތު އަރުވައެވެ.

Leave a Reply